ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 5 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 05/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 15 ޖޫން 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 11:45
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
އެޖެނިންމި ކަންތައްތައް
ންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 04 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 04 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ވަން ގަވް މެދުވެރިކޮށް ކައުންސިލުން ދޭ ޚިދުމަތްތައް އޮންލައިން ކުރުމާއި މެދު މަޝްވަރާކުރުން.
ވަން ގަވް ޕްލެޓްފޯމް މެދުވެރިކޮށް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ހޯދުމަށާއި، ޚަރަދުތައް ދެނެގަތުމަށްފަހު، ކުރިއަށް އޮތް ބައްދަލުވުމެއްގައި މިކަމާ މެދު އިތުރު ގޮތެއް ނިންމުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ބަޖެޓް ކޮންޓްރޯލް ފޯމްގައިވާ ގޮތަށް ކޯޑް ބަދަލުކުރުން.
ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރ 2026/1466/BC/042,43 ވާ ގޮތަށް ކޯޑް ބަދަލުކުރުމަށްނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ފާހަގަކުރާ ދުވަސް ތަކާއި ބެހޭގޮތުން މަޝްވަރާކުރުން.
ފާހަގކުރާ ދުވަސްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ ކޮންމެ އަހަރަކުވެސް ފާހަގަ ކުރާ ދުވަސްތަށް ޚަރަދު ކުޑަކޮށް ފާހަގަކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
މަގުމަތީގައި ދީނީ ޝިޔާރު ބޯޑުތައް ބެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުން.
މަގުތަކުގައި ދީނީ މެސެޖުތައް ހިމެނޭ ބޯޑުތައް ހަރުކުރުމަށްޓަކައި، އެ ތަކެތި ތައްޔާރުކުރާނެ ގޮތާއި އެކަމަށް ހިނގާނެ ޚަރަދުތައް ބަލައި ދެން އަންނަ ޖަލްސާއަކުން ފާސްކުރުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން