ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 6 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ   6ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 06/2026/05       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   23 ޖޫން 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 05 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

2027ވަނަ އަހަރު ގެ މަސައްކަތް ތާވަލާއި، ބަޖެޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތް ފެށުން.

2027ވަނަ އަހަރު ގެ މަސައްކަތް ތާވަލާއި، ބަޖެޓް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަށް މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

މަގު ބައްތި ޖެހުމާއި ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން ހުށައަޅާފައިވާ ސިޓީއާއި މެދު މަޝްވަރާކުރުން.

މަގުތަކުގައި ބައްތި ހަރުކުރުމާއި ކޭބަލްތައް އައުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން ފޮނުވި ސިޓީއާ ގުޅޭގޮތުން ކައުންސިލުން މަޝްވަރާކޮށްވަނީ މި މަސައްކަތަށް ބޭނުންވާ ތަކެއްޗަކީ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ތަކެތި ކަމަށްވާތީ، އެ ތަކެތި ލިބުމުން މަސައްކަތް ނިންމުމަށްޓަކައި އިތުރު ވަގުތު ދިނުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ގޭބިސީތަކުން ކުނި ނެގުމަށް ހެދިފައިވާ އެގްރީމަންޓް މުއްދަތު ހަމަވާތީ، އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކާއިމެދު މަޝްވަރާކުރުން.

ގޭބިސީތަކުން ކުނި ނެގުމަށް ހެދިފައިވާ އެގްރީމަންޓް މުއްދަތު ހަމަވާތީ، އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކޮށްވަނީ  ކުނި ނެގުމުގެ އެގްރީމަންޓް ހަމަވާތީ، 1 އަހަރަށް އަލުން އިޢުލާން ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓް އިން ފޮނުވާފައިވާ ސިތީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު P10C-CIV-21-2024 ޤާޟިއްޔާ (ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ ވ ޙުސައިން އަޞްބާޙް) މި މައްސަލަޔާ ގުޅޭގޮތުން ހޯދަށްޖެހޭ ލިޔަކިޔުންތަށް ހޯދައި ބެލުމަށް މި މައްސަލަ ލަސްކޮސްދިނުމަށް އެދި މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ފޮނުވުމަށްނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ޖުލައި 26 ގެ ހަރަކާތްތަށް ފައިނަލް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

ޖުލައި 26 ގެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ  ޖަމިއްޔާތަކާއި މުވައްސަސާތަކާއި ގުޅިގެން ބީޗް ވޮލީ އަންހެން ކަންބަލުންނަށް ބޭއްވުމާއި، ބީޗް ފުޓްސަލް މުބާރާތެއް ފިރިހެންނުނަށް ބޭއްވުމާއި، ކަލަރ ރަންނެއް ބޭއްވުމާއި، އަދި މިނިވަން ދުވަހުގެ ހިގާލުމެއް ބޭއްވުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ވޮލީ ކެމްޕާއި ބެހޭގޮތުން މަޝްވަރާކުރުން.

ވޮލީ ކޭމްފާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ވޮލީ ކޭމްޕް ބޭއްވުމަށް ކައުންސިލް ބަޖެޓް އިން 20،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ވޮލީ ކޭމްޕް ބޭއްވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 9

ވޮލީ ދަނޑުގެ ފެނަކަ ވީ ފަރާތުގެ ހުސްބިމުގައި ބެންޗް ޖެހުމާއި، ސްޓޯރ ރޫމެއް ހެދުމަށް މަޝްވަރާކުރުން.

ވޮލީ ކުޅޭ ދަނޑުގެ ފެނަކަވީ ފަރާތުގައި އޮތް ހުސް ޖާގައިގައި ބެންޗު ބެހެއްޓުމާއި، ސްޓޯރ ރޫމެއް ހެދުމަށް މަޝްވަރާކޮށްވަނީ ކައުންސިލްގެ ބަޖެޓުން ކުރިއަށް ގެންދިއުމަށް ކުރިން ނިންމާފައިވާ މަސައްކަތްތައް ނިމުމުން، މި މަސައްކަތްވެސް ވެސް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 10

ފުޓްސަލް ދަނޑޫގެ ލައިޓްތަށް އޮން އަދި އޮފް ކުރާދިމާލުން ދޮރެއް ކެނޑުމާއި މެދު މަޝްވަރާކުރުން.

ފުޓްސަލް ދަނޑުގެ ބައްތިތައް ދިއްލާ ނިއްވާ ސަރަހައްދުން ދޮރެއް ކެނޑުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި، އެއީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ބައްތިތައް ކޮންޓްރޯލް ކުރާ ޑިސްޓްރިބިއުޝަން ފޮށި ރޮސްޓަމް ހުންނަ ސަރަހައްދަށް ބަދަލުކުރުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ޙަސަން ލަތީފް