ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 7 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 07/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 30 ޖޫން 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 06 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 06 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
މިރަށުން 1500 އަކަފޫޓްގެ ބިމެއް ހޯދުމަށް ފ.ބިލެތްދޫ އަޙްމަދު ޒަކީ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
މިރަށުން 1500 އަކަފޫޓްގެ ބިމެއް ހޯދުމަށް ފ.ބިލެތްދޫ އަޙްމަދު ޒަކީ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ބިން ދިނުމަށް ހެދިފައިވާ އުސޫލާއި އެއްގޮތަށް ބިން އިޢުލާން ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ކުރިން ބޭނުންކުރި ކުނިކޮށީގެ ހިޔާކޮށްފައިވާ ތަށް ރޫޅާލައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުން.
ކުރިން ބޭނުންކުރި ކުނިކޮށީގެ ހިޔާކޮށްފައިވާ ތަށް ރޫޅާލައި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކޮށްވަނީ މިމަސައްކަތް ބަޔަކާއި ހަވާލު ކުރުމަށް 5000 ރުފިޔާ އަށް ވުރެބޮޑު ނުވާގޮތަށް އިޢުލާނެއް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ބާތިލްކޮށްފައިވާ ބަނޑާރަ ގޯތިތައް، ބޯހިޔާވެހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކުރުމާގުޅޭގޮތުން މަޝްވަރާކުރުން.
ބާތިލްކޮށްފައިވާ ބަނޑާރަ ގޯތިތައް، ބޯހިޔާވެހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކުރުމާގުޅޭގޮތުން މަޝްވަރާކޮށްވަނީ ބާތިލުކޮށްފައިވާ 6 ބަނޑާރަ ގޯއްޗެއް، ބޯހިޔާވެހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކުރުމަށްޓަކައި، ގޯތި ދިނުމުގެ އުސޫލް ހަދައި އެ އުސޫލާއި އެއްގޮތަށް އިޢުލާނު ކުރުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ޙަސަން ލަތީފް