ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 8 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

 

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       8 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 08/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   9 ޖުލައި 2026

ޖަލްސާ ފެށި ގަޑި:     10:15

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 07 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

2027 ވަނަ އަހަރުގެ މަސައްކަތް ތާވަލު ފައިނަލް ކުރުން.

2027 ވަނަ އަހަރުގެ މަސައްކަތް ތާވަލު ފައިނަލް ކުރުމާއި މެދު މަޝްވަރާކޮށްވަނީ ދެން އޮންނަށް ކައުންސިލް ޖަލްސާއެއްގައި މަސައްކަތްތާވަލު ފައިނަލް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ޤްރުޢާން ކުލާސް ހިންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޤްރުޢާން ކުލާސް ހިންގުމާއި ބެހޭގޮތުން މަޝްވަރާކުރާކޮށްވަނީ ޤްރުޢާން ކްލާސް ހިންގުމަށްޓަކއި ޓީޗަރަކު ހޯދުމަށް އިޢުލާން ކުރުމާއި، 1 ސެޕްޓަމްބަރ އިން ފެށިގެން  ޤްރުޢާން ކްލާސް ކުރިއަށް ގެންދިއުމާއި، އަދި ބައިވެރިވާ ކޮންމެ ދަރިވަރެއްގެ އަތުން މަހު ފީގެ ގޮތުގައި -/200 ރުފިޔާ ނެގުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ޙަސަން ލަތީފް