ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 9 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       9 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 09/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   14 ޖުލައި 2026

ޖަލްސާ ފެށި ގަޑި:     13:30

ޖަލްސާ ނިމުނު ގަޑި:   14:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 07 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

2027 ވަނަ އަހަރުގެ މަސައްކަތް ތާވަލް އަދި ބަޖެޓް ފައިނަލް ކުރުން.

2027 ވަނަ އަހަރުގެ މަސައްކަތް ތާވަލް އަދި ބަޖެޓް ފައިނަލް ކުރުމާއި މެދު މަޝްވަރާކޮށްވަނީ 20 ޖުލައި 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމަށްފަހު މަސައްކަތް ތާވަލު އަދި ބަޖެޓް ފައިނަލް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ވޮލީ ކޭމްޕް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުން.

ވޮލީ ކޭމްޕް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކޮށްވަނީ ވޮލީ ކޭމްޕް ކުރިއަށް ގެންދިއުމަށްޓަކައި ދެ ސެޝަނަކަށް ބަހާލާއިގެން  ހަވީރު އަދި ރޭގަނޑުގެ ވަގުތުގައި ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު ނަންބަރ 673/2026/1  ފޮނުވާފައިވާ އެންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު ނަންބަރ 673/2026/1  ފޮނުވާފައިވާ އެންގުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ގއ.ކަނޑުހުޅުދޫ ލިންކިންގްޕާކް ޙުސައިން އަޞްބާޙުގެ މައްޗަށް ހުށަހަޅާފައިވާ " ބިމާބެހޭ އެހެނިހެން މައްސަލަ" މިމައްސަލަ އަކީ މިހާރު ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައަކަށް ވެފައި، މިކަމާއި ގުޅިގެން އިތުރަށް ކައުންސިލުން ބަލަންޖެހޭ ބެލުންތަކެއް ހުރުމާއެކު މިކަންކަން ބެލުމަށްފަހުގައި މި މައްސަލައާއި ގުޅިގެން ކައުންސިލުން ނިންމާވާގޮތެއް އަންގަވާނެ ކަމަށް މެޖިސްޓްރޭޓް ކޯޓަށް ސިޓީއެއް ފޮނުވުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ޙަސަން ލަތީފް