ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 10 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

 

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       10 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 10/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   21 ޖުލައި 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 09 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 09ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

2027ވަނަ އަހަރުގެ މަސައްކަތް ތާވަލް އަދި ބަޖެޓް ފައިނަލް ކުރުން.

2027 ވަނަ އަހަރުގެ މަސައްކަތް ތާވަލު އަދި ބަޖެޓް ފައިނަލް ކުރުމަށް މިހާރު ހަދާފައިވާ މަސައްކަތް ތާވަލު އަދި ބަޖެޓް އަށް ގެންނަށް ޖެހޭ އުނިއިތުރި ގެނައުމަށްފަހު 22 ޖުލައި 2026 ވާ ބުދަ ދުވަހު ބައްދަލުވުމަށްފަހު މަސައްކަތް ތާވަލު ފައިނަލް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޯންސް ޓީމް ހިންގާނެ ގޮތަކާއި މެދު މަޝްވަރާކުރުން.

ކޮމިއުނިޓީ ރެސްޕޯންސް ޓީމަށް ޓްރައިނިންގ ޕްރޮގްރާމެއް ބޭއްވުމަށް އެމް.އެން.ޑީ.އެފް އަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ބަނޑާރަ ގޯތި ދިނުމުގެ އުސޫލް ފާސްކުރުން.

ބަނޑާރަ ގޯތި ދިނުމަށް ހަދާފައިވާ އުސޫލް ހުރިހާ މެންބަރުންވެސް ރަގަނޅަށް ބެލުމަށްފަހު އުސޫލްގެ ބަދަލް ގެންނަށް ޖެހޭ ތަންތަން ފާހަގަކުރުމަށް ފަހު ދެން އަންނަ ޖަލްސާއަކުން ފާސްކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ސުވާސާގެ އާއި ޖަނަވަރީގެ ދޭތެރޭގައިވާ މަގު ފުޅާކުރުމާއި މެދު މަޝްވަރާކުރުން.

ސުވާސާގެއާއި ޖަނަވަރީގެ ދޭތެރޭގައިވާ މަގު ފުޅާކުރުމަށް ޤާނޫނީ ލަފަޔާއި، އަދި ގޭގެ ވެރިފަރާތްތަކުގެ ލަފާޔާއި މަޝްވަރާގެ މަތިން ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

ވޮލީ ބޯޅާ ރެޕްރީ ކޯސް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކުރުން.

ރެޕްރީ ކޯސް ހިންގުމަށް އ.ތ.މ ކޮމިޓީއިން ހުރުމާއި ކެއުން ހަމަޖައްސާވާފައިވާތީ، ކައުންސިލުން ވަނީ އިތުރަށް ރެފްރީ ކޯހުގެ ހިންގާނެ ހަރަދު -/7000 ރުފިޔާ ކައުންސިލް ބަޖެޓްއިން ކުރުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ޙަސަން ލަތީފް