ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 11 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 11/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 30 ޖުލައި 2026
ޖަލްސާ ފެށި ގަޑި: 08:45
ޖަލްސާ ނިމުނު ގަޑި: 09:15
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 10 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލަރުންގެ ޗުއްޓީ ތާވަލު ފައިނަލް ކުރުން.
ކައުންސިލަރުންގެ ޗުއްޓީތާވާލު ފައިނަލް ކުރުމާއި މެދުމަޝްވަރާކޮށްވަނީ ކައުންސިލް ރައީސް އަޙްމަދު ޝަޙީމް، އޮގަސްޓް، ކައުންސުލް ނައިބްރައީސާ ހައިފާ ޙުސައިން، ޑިސެމްބަރ އަދި ކައުންސިލް މެންބަރ ޙަސްނަ ލަތީފް، ޖަނުވަރީ އަށް ޗުއްޓީ ތާވަލް މި ގޮތަށް ފައިނަލް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
އެކައުންޓްތަކުގައި ސޮއިކުރާނެ ކައުންސިލަރުން ކަނޑައެޅުން.
އެކައުންޓްތަކުގައި ސޮއިކުރުމަށް ކައުންސިލް ރައީސް އަޙްމަދު ޝަޙީމް، ކައުންސިލް ނައިބް ރައީސާ ހައިފާ ޙުސައިން، އެސްޖީ އަސްފާޙް ޙަސަން އަދި އ.ކައުންސިލް އެގްޒެކެޓިވް ޒަމާރާތު އަޙްމަދު ކަނޑައެޅުމަށްނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ތަރައްޤީ ޕްލޭން ހެދުމުގެ މަސައްކަތް ފެށުން.
ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށުމަށްޓަކައި، ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންގެ އިތުރުން އިދާރީ މުވައްޒަފުން ހިމެނޭހެން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލުމަށްފަހު މިއަންނަ ހަފްތާއިން ތަރައްޤީގެ ޕްލޭން ފެށިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ރަށުގެ އެކި ސަރަޙައްދުތަކުގައި ފިނި މައިޒާން ހެދުން.
ރަށުގެ އެކި ސަރަޙައްދުތަކުގައި ފިނިމައިޒާން ހެދުމާއި މެދު މަޝްވަރާކޮށްވަނީ ހުއްޓޭކޮޑާއި، ރެހާގަނދާ ސަރައްދުވެސް ތަރައްޤީކުރުމާއި އަދި ރަށުގެ އެހެން ސަރަހައްދުތަށްވެސް ބަލައި ފިނިމައިޒާން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާފައެވެ.
އެޖެންޑާ އައިޓަމް 7
ބަނދަރުގެ ކުރެހުން ފައިނަލް ކުރުން.
ބަނދަރުގެ ކުރެހުން ފައިނަލް ކުރުމަށް ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާއި ހިޔާލައި އެއްގޮތަށް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވޮލްޕްމަންޓްގެ ފަރާތުން 4 އޮގަސްޓް 2026 އިން 5 އޮގަސްޓް 2026 އަށް ލ.ފޮނަދޫގައި ހިންގާ ޓްރައިނިގް ޕްރަގްރާމުގައި ކައުންސިލް ރައީސް އަދި އެސްޖީ ބައިވެރިވުމަށް ކުރަށްޖެހޭ ޚަރަދު ކުރުމާއި މެދު މަޝްވަރާކުރުން.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވޮލްޕްމަންޓްގެ ފަރާތުން 4 އޮގަސްޓް 2026 އިން 5 އޮގަސްޓް 2026 އަށް ލ.ފޮނަދޫގައި ހިންގާ ޓްރައިނިގް ޕްރަގްރާމުގައި ކައުންސިލް ރައީސް އަދި އެސްޖީ ބައިވެރިވުމަށް ކުރަށްޖެހޭ ޚަރަދު ތަށް ކައުންސިލް ބަޖެޓްއިން ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 9
ބަދަރުގައި އެކި ސަރަޙައްދުތަކުގައި ފެންލިބޭން ގޮތެއް ހެދުން.
ބަދަރުގައި އެކި ސަރަޙައްދުތަކުގައި ފެންލިބޭން ގޮތެއް ހެދުމާއި މެދު މަޝްވަރާކޮށްވަނީ މި މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ކައުންސިލުން ފޯރުކޮށްދިނުމުން މަސައްކަތް ކުރުމަށް ތިން ފަރާތުގެ ކޯޓޭޝަނާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން