ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 12 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 12/2026/05
ޖަލްސާ ބޭއްވިތަން: އޮންލައިން މެދުވެރިކޮށް
ޖަލްސާ ބޭއްވި ތާރީޚް: 04 އޮގަސްޓް 2026
ޖަލްސާ ފެށި ގަޑި: 20:30
ޖަލްސާ ނިމުނު ގަޑި: 21:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 11 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 11 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ވޮލީ ކޯޗިން ކޭމްޕެއް ބޭއްވުމާއި މެދު މަޝްވަރާކުރުން.
ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ވޮލީ ކޯޗިން ކޯޗިން ކޭމްޕެއް ބޭއްވުމާއި މެދު މަޝްވަރާކޮށްވަނީ ވޮލީ ކޯޗިން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ޔޫތު މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ހަސަން ލަތީފް