ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 13 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 13/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 11 އޮގަސްޓް 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 12 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ ނަންބަރ 101/101/2026/6 ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ފޮނުވާފައިވާ ސިޓީގައި އެދިފައިވާ ގޮތަށް ކަނޑުގެ ލައިސެންސް ދިނުމުގެ ޚިދުމަތް ފެންޓުމަށް ކަނޑުގެ ދުއްވުމުގެ އިމްތިޙާން ދެއްވުމަށް އެގްޒަމިނަރަކު ހޯދުމަށް ޢާންމު އިޢުލާނެއް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
މިސްކިތުގައި ބޭނުން ނުކުރާ ބާ ގޮނޑި ތަކާއި މެދު އަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކުރުން.
މިސްކިތުގައި ބޭނުން ނުކުރާ ބާ ގޮނޑި ތަކާއި މެދު އަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކޮށް ވަނީ މިސްކިތުގައި ހުރި ބާ ގޮނޑިތަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް އާންމު އިޢުލާނެއް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ހައުސިންގ ސްކީމެއް ހިންގުމާއި މެދު މަޝްވަރާކުރުން.
ހައުސިންގ ސްކީމެއް ހިންގުމާއި މެދު މަޝްވަރާކޮށްވަނީ ހައުސިންގ ސްކީމް ހިންގުމަށް ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް ނެގުމަށް އިޢުލާން ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
4 މަހުން 1ފަހަރު ބާއްވަންޖެހޭ ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައެޅުން.
4 މަހުން 1ފަހަރު ބާއްވަންޖެހޭ ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައެޅުމާއި މެދު މަޝްވަރާކޮށްވަނީ 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ޤްރުއާން ކުލާހުގެ އިމާރާތުގެ ކޮޓަރި ދުވަހު ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޤްރުއާން ކުލާހުގެ އިމާރާތުގެ ކޮޓަރި ދުވަހު ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ދުވަހު ކުއްޔަށް ދިނުމުގެ ރޭޓެއްގެ ގޮތުގައި -/500 ރުފިޔާ ނެގުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ސްލިޕް ވޭއެއް ހެދުމާއި ބެހޭގޮތުން މަޝްވަރަކުރުން.
ސްލިޕް ވޭއެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ސްލިޕްވޭއެއް ހަދާނެތަނެއް ބެލުމަށްފަހު ލޭންޑްސްޕްލޭނަށް ބަދަލު ގެނައުމަށްފަހު މަސައްކަތް ކުރިއަށް ގެންދުމުށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 9
ކައުންސިލް ވޮލީ އަދި ފުޓްސަލް މުބާރާތް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ވޮލީ އަދި ފުޓްސަލް މުބާރާތް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ 25 އޮކްޓޫބަރު 2026 ގައި ބޭއްވުމާއި، އަދި ކައުންސިލް ފުޓްސަލް މުބާރާތް ބޭއްވުމަށް ރަށުގެ ކުލަބު ޖަމިއްޔާތަކާއި މަޝްވަރާކުރުމަށް ފަހު ދުވަހެއް ފައިނަލް ކުރުމަށް ހުށަހަޅާފައެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ހަސަން ލަތީފް