ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 14 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 14/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 18 އޮގަސްޓް 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 13:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 13 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ބަނދަރު ސަރަހައްދު ގްރީންލައިޓް ގޯތީގެ ކުރިމަތީގައިވާ ހުސް ބިމުގައި ފިނިމައިޒާނެއް ހެދުމާއި މެދު މަޝްވަރާކުރުން.
ބަނދަރު ސަރަހައްދު ގްރީންލައިޓް ގޯތީގެ ކުރިމަތީގައިވާ ހުސް ބިމުގައި ފިނިމައިޒާނެއް ހެދުމާއި މެދު މަޝްވަރާކޮށްވަނީ ފިނިމައިޒާނެއް އެ ސަރަޙައްދުގައި ހެދުމާއި ގުޅޭ ގޮތުން ރަގަނޅަށް މަޝްވަރާކުރުމަށްފަހު ދެންއަންނަ ޖަލްސާއެގައި ވަކިގޮތަކަށް ނިންމުމަށް ހުށަހަޅާފައެވެ.
އެޖެންޑާ އައިޓަމް 4
ރެހާގަޑާގައި ގެސްޓް ހައުސް ހެދުމަށް އިޢުލާން ކުރުމާއި މެދު މަޝްވަރާކުރުން.
ރެހާގަޑާގައި ގެސްޓް ހައުސް ހެދުމަށް އިޢުލާން ކުރުމާއި މެދު މަޝްވަރާކޮށްވަނީ ގެސްޓްހައުސް ހެދުމަށް ކުރީގެ ކައުންސިލުން ހަދާފައިވާ ބިޑްފޮތުގެ ހުރި ކަންތަންތަން ބަލައި ބަދަލު ގެންނަށް ޖެހޭކަންތަންތަށް ބަލައި ބުރާސްފަތި ދުވަހު އިތުރު ޖަލްސާއެއް ބޭއްވުމަށް ފަހު ގެސްޓް ހައުސް ހެދުމަށް އިޢުލާން ކުރުމަށް ހުށަހަޅާފައެވެ.
އެޖެންޑާ އައިޓަމް 5
ބަނދަރު އުތުރު ފަރާތުގައިވާ ވިޔަފާރި ބިން ތަކުގައި އިން ވެގެން އޮތްމަގު ސާފުކުރުމާއި މެދު މަޝްވަރާކުރުން.
ބަނދަރު އުތުރު ފަރާތުގައިވާ ވިޔަފާރި ބިން ތަކުގައި އިން ވެގެން އޮތްމަގު ސާފުކުރުމާއި މެދު މަޝްވަރާކޮށްވަނީ ރަށުތެރޭގައި އެގޮތަށް ސާފުކުރަށްޖެހޭ މަގުތަށް ހުރިތޯ ބަލައި ދެންއަންނަށް ޖަލްސާއަކުން ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ..
އެޖެންޑާ އައިޓަމް 6
ޤްރުއާން ކުލާސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ކައުންސިލަރެއް ކަނޑައެޅުމާއި މެދު މަޝްވަރާކުރުން.
ޤްރުއާން ކުލާސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ކައުންސިލަރެއް ކަނޑައެޅުމާއި މެދު މަޝްވަރާކުރާކޮށްވަނީ ޤްރުޢާން ކުލާސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވުމަށް ކައުންސިލްގެ ނައިބް ރައީސާ ފާތިމަތު ހައިފާ ޙުސައިން ކަމުގައި ހުނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ކައުންސިލް ނަމުގައި ކުޅިވަރު ކުލަބް ރަޖިސްޓްރީ ކުރުމާއި މެދު މަޝްވަރާކުރުން.
ކައުންސިލް ނަމުގައި ކުޅިވަރު ކުލަބް ރަޖިސްޓްރީ ކުރުމާއި މެދު މަޝްވަރާކޮށްވަނީ ކުލަބް ރަޖިސްޓްރީ ކުރުމަށް ނަމެއް ހޯދުމަށްފަހު ކުލަބު ރަޖިސްޓްރީ ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ނަންބަރު 142-C1/2026/39 ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ސިޓީގައި ބަޔާންކޮށްފައިވާ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަށް އިތުރުކޮށް ދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމް ދާއިމީ ކޮށް ހިންގުމަށްޓަކައި ފޯކަލް ޕްއިންޓް ހަމަޖެއްސެވުމަށް އެދިފައިވާތީ، މި ކައުންސިލުން ވަނީ ފޯކަލް ޕްއިންޓްގެ ގޮތުން ކައުންސިލްގެ ނައިބް ރައީސާ ފާތިމަތު ހައިފާ ޙުސައިން ހަމަޖެއްސެވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 9
ބަށި ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ހިންގުމާއި މެދު މަޝްވަރާކުރުން.
ބަށި ރެފްރީން ތަމްރީން ކުރުމުގެ ކޯހެއް ހިންގުމާއި މެދު މަޝްވަރާކޮށްވަނީ ބަށި ރެފްރީކަށް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަށް ހޯދުމަށް އިޢުލާނެއް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 10
ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރު (46-42) ފޯމުގައިވާގޮތަށް ކޯޑު ބަދަލުކުރުމާއި މެދު މަޝްވަރާކުރުން.
ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރު (46-42) ފޯމުގައިވާގޮތަށް ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 11
ކައުންސިލް ލިޔެކިޔުންތަކުގައި ސޮއިކުރާނެ ފަރާތްތަށް ކަނޑައެޅުން.
ކައުންސިލް ލިޔެކިޔުންތަކުގައި ސޮއިކުރާނެ ފަރާތްތަށް ކަނޑައެޅުމާއި މެދު މަޝްވަރާކޮށްވަނީ ކައުންސިލް ލިޔެކިޔުންތަކުގައި ސޮއިކުރުމަށް އިތުރު މެންބަރެއްގެ ގޮތުގައި ކައުންސިލް މެންބަރު ޙަސަން ލަތީފް ކަނޑައެޅުމާއި، އަދި މީގެ އިތުރުން ޕީއޯތަކުގައި -/25000 އަށް ވުރެ ދަށް އެމައުންޓްތަކުގައި ސޮއިކުރުމަށް ކައުންސިލްގެ އެސް.ޖީ އަސްފާޙް ޙަސަން ކަނޑައެޅުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 12
ކަނޑުހުޅުދޫ ސްކޫލް ނަންބަރު GS197/2026/19 ނަންބަރު ސިޓީގައި އެދިފައިވާގޮތަށް ވޮލީ ކޯޓް ދޫކުރުމާއިމެދު މަޝްވަރާކުރުން.
ބެލެނެވެރިންގެ މެދުގައި ބޭއްވޭ ވޮލީ މުބާރާތަށް ދަނޑު ހޯދުމަށް އެދިފައިވާތީ، ކައުންސިލުންވަނީ ވޮލީ ދަނޑުގައި ވޮލީ ކުޅުމަށް ގަޑިތަކެއް ކަނޑައަޅާފައެވެ. އެގޮތުން އަންހެނުންނަށް ހަވީރު 16:00 އިން 18:00 އަށް ، އަދި ރޭގަނޑު 20:00 އިން 22:00 އަށް ، ފިރިހެންނުން ރޭގަނޑު 22:00 އިން 23:00 އަށް ވަނީ ކަނޑައަޅާފައިވާތީވެ، މިގޮތަށް އަންހެނުންނަށް ޚާއްސަކުރެވިފައިވާ ގަޑިތަކުގައި ދަނޑުލިބޭނެކަމާއި، އަދި މުބާރާތް އޮންނަށް ދުވަހު ދަނޑު ލިބޭނެކަމަށް ސްކޫލް ސިޓީގެ ޖަވާބު ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 13
ގއ.ކަނޑުހުޅުދޫ ޕްލޭނިންގ ކޮމިޓީ ކަނޑައެޅުން.
ޕްލޭނިންގ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ކައުންސިލް ރައީސް އަޙްމަދު ޝަޙީމް، ކައުންސިލް ނައިބް ނައީސާ ހައިފާ ޙުސައިނ، ކައުންސިލް މެންބަރ ޙަސަން ލަތީފް، އ.ތމ. ކޮމިޓީގެ ރައީސާ ފާތިމަތު އިޙްސާނާ އަބުދުﷲ، އ.ތމ. ކޮމިޓީގެ ނައިބް ރައީސާ މަރްޔަމް އިނާޝާ، އ.ތމ. ކޮމިޓީގެ މެންބަރު ޝީރީން ސަޢިދު، ކައުންސިލްގެ އެސް.ޖީ އަސްފާޙް ޙަސަން، ކައުންސިލް އިދާރީ މުވައްޒަފު ޒަމާރާތު އަޙްމަދު އ.ކައުންސިލް އެކްޒެކްޓިވް، އިދާރީ މުވައްޒަފު ސިލްމާ ޒާހިރު ސީނިއާރ ފައިނޭންސް އޮފިސަރ، އަދި ސްޓްރަޓެޖިކް ޕްލޭނިންގ ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ އައިޝަތު އަނާ އަބުދުލް ޤައްޔޫމް ސީނިއަރ ކައުންސިލް އޮފިސަރ ކަމުގައި ކަނޑައެޅުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 14
އުމުރުން ދުވަސްވި މީހުންގެ ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
އުމުރުން ދުވަސްވި މީހުންގެ ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި މަޝްވަރާކުރުމަށް ފަހު ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 15
ޕިކްނިކް އޭރިއާ ތަރައްޤީކުރުމަށް ބަޖެޓް ކަނޑައެޅުން.
ހުއްޓޭކޮޑާއި ތަރައްޤީކުރުމަށް ބަޖެޓް ކަނޑައެޅުމާއި މެދު މަޝްވަރާކޮށްވަނީ -/70،000 ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް މަސައްކަތް ކުރުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ހަސަން ލަތީފް