ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 15 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 15/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 26 އޮގަސްޓް 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 13:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 14 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 14 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
އާރު.ޓީ.އެލް ގެ މައްސަލަތަކާއި މެދު މަޝްވަރާކޮށްކުރުން.
އާރު.ޓީ.އެލް ގެ މައްސަލަތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ކަންބޮޑުވުންތަށް ކައުންސިލަށް ލިބެމުންދާތީ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަށް ކަމާއިބެހޭ އިދާރާއަށް ރަސްމީކޮށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ގޯތިތަކުގެ ފާރު ތަކާއި ރުއްތަކުގެ މައްސަލާޔާއި ގުޅޭގޮތުން މަޝްވަރާކުރުން.
ގޯތިތަކުގެ ފާރު ތަކާއި ރުއްތަކުގެ މައްސަލާޔާއި ގުޅޭގޮތުން މަޝްވަރާކޮށްވަނީ މި ގޮތަށް އާންމުންނަށް އުދަގުވާގޮތަށް ހުރި ގޭތަށް ކައުންސިލުން ބަލައި ފާހަގަކޮށް އެގޭތަކުގެ ވެރިންނަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ގަވާއިދާއި އެއްގޮތަކަށް ބެލުން.
އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ގަވާއިދާއި އެއްގޮތަކަށްތޯ ބެލުމަށް ކައުންސިލްގެ ފަރާތުން މިކަންތަން ބެލުމަށް ކައުންސިލް މެންބަރ އެއްގެ ގޮތުގައި ކައުންސިލް މެންބަރު ޙަސަން ލަތީފް ހަމަޖއްސެވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ރެހާގަޑާގައި ގެސްޓް ހައުސް ހެދުމަށް އިޢުލާން ކުރުމާއި މެދު މަޝްވަރާކުރުން.
ރެހާގަޑާގައި ގެސްޓް ހައުސް ހެދުމަށް އިޢުލާން ކުރުމާއި މެދު މަޝްވަރާކޮށްވަނީ ރެހާގަޑާ ގެސްޓްހައުސް ކުއްޔަށް ދިނުމަށް 30 އަހަރަށް ދިނުމާއި، ގްރެސް ޕީރިއަޑް އެއްގެ ގޮތުގައި 1 އަހަރު ދިނުމާއި، ކުލީގެ ގޮތުގައި -/5000 ރުފިޔާ ނެގުމާއި، ހާފް ޕޭމެންޓް އެއްގެ ގޮތުގައި -/2500 ރުފިޔާ ދޭން ޖެހޭނެ ކަމާއި، އަދި ބިޑް ވިންކުމުގެ އަގަކީ -/1500 ރުފިޔާ ކަމާއި، އަދި ކޮންމެ ފަސްއަހަރަކުން -/1 ރުފިޔާ ކަމަށް އަދި މި ގޮތަށް އުސޫލަށް ބަދަލު ގެނެއުމަށްފަހު އިޢުލާން ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ރަށްވެހިކަށް ދުކޮށްލާ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި -/1500 ނެގުމާއި މެދު މަޝްވަރާކުރުން.
ރަށްވެހިކަށް ދުކޮށްލާ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި -/1500 ނެގުމާއި މެދު މަޝްވަރާކޮށްވަނީ ރައްޔިތުންނަށް މަޝްވަރާކޮށްވަނީ ދެންއަންނަސް ޖަލްސާއަކުން ވަކި ގޮތެއް ފައިނަލް ކުރުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ހަސަން ލަތީފް