ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 17 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 17/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 8 ސެޕްޓަމްބަރު 2026
ޖަލްސާ ފެށި ގަޑި: 12:30
ޖަލްސާ ނިމުނު ގަޑި: 13:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 16 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 16 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލްގެ ކޮމިއުނިޓީ ގުރޫޕްގެ އެކްސެސް ރަށުގެ އިދާރާތަކަށް ދިނުމާއި މެދު މަޝްވަރާކުރުން.
ކައުންސިލްގެ ކޮމިއުނިޓީ ގުރޫޕްގެ އެކްސެސް ރަށުގެ އިދާރާތަކަށް ދިނުމާއި މެދު މަޝްވަރާކޮށް ވަނީ އެއްބަސްވުމެއްގެ ދަށުން ރަށުގެ ކޮންމެ އިދާރާއެއްގެ 1 ފަރާތަކަށް ކައުންސިލް ވައިބަރ ކޮމިއުނިޓީ ގްރޫޕްގެ އެކްސެސް ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ކައުންސިލް އިދާރާގެ ހުރި ބާތަކެތި ނީލަން ކިޔުމާއި މެދު މަޝްވަރާކުރުން.
ކައުންސިލްގެ އިދާރާގައި ހުރި ބައުތަކެތި ނީލަން ކިޔުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ނީލަން ކިޔުމަށް ނިންމާފައިވާ ތަކެއްޗާއި، އެ ތަކެތި ނީލަން ކިޔުމަށް ކަނޑައެޅިފައިވާ އަގުތައް ތިރީގައި މިވަނީއެވެ.
ގޮނޑި: ފެށޭ އަގަކީ -/50 (ފަންސާސް) ރުފިޔާ – އިތުރުކުރެވޭނެ އެންމެ ދަށް މިންވަރަކީ -/5 (ފަސް) ރުފިޔާ.
މޭޒު: ފެށޭ އަގަކީ -/300 (ތިންސަތޭކަ) ރުފިޔާ – އިތުރުކުރެވޭނެ އެންމެ ދަށް މިންވަރަކީ -/20 (ވިހި) ރުފިޔާ.
ކޮމްޕިއުޓަރ ރެކް: ފެށޭ އަގަކީ -/20 (ވިހި) ރުފިޔާ – އިތުރުކުރެވޭނެ އެންމެ ދަށް މިންވަރަކީ -/5 (ފަސް) ރުފިޔާ.
މި ތަކެތި މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް ނީލަން ކިޔުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
މާރުކޭޓެއް ހެދުމާއި މެދު މަޝްވަރާކުރުން.
ބަނދަރު ސަރަޙައްދުގައި މާރުކޭޓެއް ހެދުމާއި މެދު މަޝްވަރާކުރުމަށްފަހު ވަނީ މާރުކޭޓެއް ހެދުމަށް ރަނގަޅު ލޯކޭޝަނެއް ބެލުމާއި، އަދި މިކަމަށް ޙަރަދު ހިގާނެ ޙަރަދު ބެލުމަށްފަހު ދެންއަންނަށް ޖަލްސާއަކުން ވަކިގޮތަކަށް ނިންމުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ސިތާނާ މިޑް ޔެއަރ ސޭލް ބޭއްވުމަށް ހުއްދަ ހޯދުމަށް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ސިތާނާ މިޑް ޔެއަރ ސޭލް ބޭއްވުމަށް ހުއްދަ ހޯދުމަށް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު މުދާ ބާލާ ޖެޓީ ސަރަޙައްދުކަމާއި، ދުވާލަކަށް -/1000 ރުފިޔާ ކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ކަށުކަމާކެމީގެ ކަންތައް ކުރުމަށް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކަށުކަމާކެމީގެ ކަންތައް ކުރުމަށް މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ ކަށުކަމާކެމީގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އަދާލަތު ޕާޓީއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ގޯލްޑެއް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ގޯލްޑެއް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ފީއާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ގޯލްޑެއް މުބާރާތައި ބެހޭގޮތުން މަޝްވަރާކުރުމަށް ޒުވާނުންނާއެކު 9 ސެޕްޓަމްބަރު 2026 ވާ ބުދަ ދުވަހުގެ ރޭ އޮންލައިން ބައްދަލުވުމެއް ބޭއްވުމަށްފަހު ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ހަސަން ލަތީފް