ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       18 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 18/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   16 ސެޕްޓަމްބަރު 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 17 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 17 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

މިރަށުގެ މިހާރުގެ ހާލަތާއި ގުޅޭ ފޮޓޯތަށް ހޯދައި ފޮޓޯ އާކްރައިވް ކުރުމާއިމެދު މަޝްވަރާކުރުން.

މިރަށުގެ މިހާރުގެ ހާލަތާއި ގުޅޭ ފޮޓޯތަށް ހޯދައި ފޮޓޯ އާކްރައިވް ކުރުމާއިމެދު މަޝްވަރާކުރުމަށްފަހު ވަނީ މިރަށުގެ މިހާރުގެ ޕޮޓޯތަކާއި، އަދި ކުރީގެ ޕޮޓޯތަށް ހޯދާއި އާކްރައިވް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ބޭރުމީހުން ކޯރުން ޑިގާ ހިފާ މައްސަލަޔާއި ބެހޭގޮތުން މަޝްވަރާކުރުން.

ބޭރުމީހުން ކޯރުން ޑިގާ ހިފާ މައްސަލަޔާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ މިމައްސަލަ ހައްލުކުރުމަށް ކޯރުން ޑިގާ، އަދި ކުދި މަސް ހިފުން މަނާކުރުމަށް ޢަންމު ޢިއުލާނެއް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކައުންސިލްއިދާރާގެ ބައުންޑްރީ ވޯލް މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުން.

ކައުންސިލްއިދާރާގެ ބައުންޑްރީ ވޯލް މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށްފަހު ވަނީ ކައުންސިލްއިދާރާގެ ބައުންޑްރީ ވޯލްގެ ކައުންސިލުން ބޭނުންވާގޮތަށް ޕޮޓޯއާއި، ޑިޒައިން ބޭނުންވާގޮތަށް ބަދަލު ގެނެސް މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ނަންބަރު 10/2026/414/FRD-141  ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ނަންބަރު 10/2026/414/FRD-141  ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓާރގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ ފާތިމަތު ހުދާ އަބުދުޤައްޔޫމް މި ކައުންސިލްއިދާރާގެ މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ވަނީ އެދިފައެވެ. ނަމަވެސް ކަންސިލުންވަނީ މިވަގުތު މި އިދާރާގެ ޖާގާނެއް ވާހަކަ މިނިސްޓްރީއަށް އެންގުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ ނަންބަރު 2/2026/414/LGD-13 ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ ނަންބަރު 2/2026/414/LGD-13 ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ މިކަމާ ގުޅޭގޮތުން މީޓިންގ އެން ބޭއްވުމަށްފަހު މިކަމާގުޅޭ މަޢުލޫމާތުތަށް މިނިސްޓްރީއަށް ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ފައިބަރ ގްލާސް މަސައްކަތް ކުރުމާއި، ވޯކްޝޮޕެއް ހިންގުމަށް 3000 އަކަފޫތާއި 4000 އަކަ ފޫޓާއި ދެމެދުގެ ހުސްބިމެއް ހޯދުމަށް މުޙައްމަދު މިޝަލް ޝާހު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ފައިބަރ ގްލާސް މަސައްކަތް ކުރުމާއި، ވޯކްޝޮޕެއް ހިންގުމަށް 3000 އަކަފޫތާއި 4000 އަކަ ފޫޓާއި ދެމެދުގެ ހުސްބިމެއް ހޯދުމަށް މުޙައްމަދު މިޝަލް ޝާހު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ފައިބަރު ގްލާސް މަސައްކަތް ކުރުމަށް ބިން ދޫކުރުމަށްޓަކައި، ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަންޖެހޭތީވެ، މިވަގުތު މި ކައުންސިލުން ނިންމާފައިވަނީ ވޯކްޝޮޕް ހިންގުމަށްޓަކައި ރަށުގެ ދެކުނުފަރާތުން ބިން ދޫކުރުމަށް އޮންނަ އުޞޫލުގެ ތެރެއިން ޢާންމުކޮށް އިޢުލާން ކުރުމާއި، އަދި ސިޓީގެ ޖަވާބު މިގޮތަށް ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 9

ރުންގަޑު ސްޕޯޓްސް އިން ފޮނުވާފައިވާ ޕްރޮޕޯސަލް އާއި ބެހޭގޮތުން މަޝްވަރާކުރުން.

ރުންގަޑު ސްޕޯޓްސް އިން ފޮނުވާފައިވާ ޕްރޮޕޯސަލް އާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު އެހީގެ ގޮތުގައި  -/6000 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއި، މިގޮތަށް ދިނުމަށް ކައުންސިލްގެ ނިންމުނެވެ.

އެޖެންޑާ އައިޓަމް 10

ކައުންސިލް ވޮލީ މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް ވޮލީ މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ 20 ސެޕްޓަމްބަރު 2026 ވާ އާދީއްތަ ދުވަހު އަންހެންކަނބަލުންނަށް ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ދެންއަންނަ ޖަލްސާއަކުން ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 10

ކައުންސިލް ވޮލީ މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް ވޮލީ މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ 20 ސެޕްޓަމްބަރު 2026 ވާ އާދީއްތަ ދުވަހު އަންހެންކަނބަލުންނަށް ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ދެންއަންނަ ޖަލްސާއަކުން ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.

ގޯލްޑެއް ފުޓްސަލް މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުން.

ގޯލްޑެއް ފުޓްސަލް މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ 19 ސެޕްޓަމްބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭ ޒުވާނުންނާއި ބައްދަލުކުރުމަށް އޮންލައިން ބައްދަލުވުމެއް ބޭއްވުމަށްފަހު ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ހަސަން ލަތީފް