ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 19 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 19/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 22 ސެޕްޓަމްބަރު 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 18 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ހުއްޓޭކޮޑާގެ ހުޅަނގު ފަރާތުގެ ގޮނޑުދަށް ގިރަމުންދާ މައްސަލަ ހައްލު ކުރުމާއި މެދު މަޝްވަރާކުރުން.
ހުއްޓޭކޮޑާގެ ހުޅަނގު ފަރާތުގެ ގޮނޑުދަށް ގިރަމުންދާ މައްސަލަ ހައްލު ކުރުމާއި މެދު މަޝްވަރާކުރުމަށްފަހު ވަނީ 100 ޖިއޯ ބޭގް ގަނެގެން ވެލި އަޅާއިގެން ގޮނޑުދަށް ގިރަމުންދާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ފެހަލާގައި އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމަށް އެމްޑީޕީގެ ޕްރޮޖެކްޓް އޮފިސް މެދުވެރިކޮށް ހުށަހެޅުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
ފެހަލާގައި އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އެމްޑީޕީގެ ޕްރޮޖެކްޓް އޮފީސް މެދުވެރިކޮށް ހުށަހަޅައި، ކުރިޔަން ގެންދިއުމަށް ކުރަށްޖެހޭ މަސައްކަތްކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކައުންސިލް އެޕާޓްމަންޓް ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް އެޕާޓްމަންޓް ކުއްޔަށް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ ކައުންސިލް އެޕާޓްމެންޓް މަހަކު -/4500 ރުފިޔާ އަށް ކުއްޔަށް ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރު 47،46 ކޯޑު ބަދަލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރު 47،46 ކޯޑު ބަދަލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރު 47،46 ގައިވާ ގޮތަށް ކޯޑް ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ޓީޗަރުންގެ ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ކޭކް އެއް އެޅުމާއި އަދި ޓީޗަރުންގެ ދުވަހު ކޮންމެ ޓީޗަރަކަށް ގަލަމެއް ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ވޮލީ މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުން.
ވޮލީ މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި އެއްވެސް ޓީމަކުން ބައިވެރިވެފައިނުވާތީ، ވޮލީ މުބާރާތުގެ ޤަވާއިދަށް އަލުން އިސްލާހްކޮށް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާއިލުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ހަސަން ލަތީފް