ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 20 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       20 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 20/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   29 ސެޕްޓަމްބަރު 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 18 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

2025,2024 ވަނަ އަހަރު ސްކޫލް އިނާމް ދިނުމުގެ ޖަލްސާގައި ބެސްޓް އޯވަރަލް ރައުންޑް އިނާމު ދިނުމާއި މެދު މަޝްވަރާކުރުން.

2024 އަދި 2025 ވަނަ އަހަރުގެ ސްކޫލް އިނާމުދިނުމުގެ ޖަލްސާގައި "ބެސްޓް އޯލްރައުންޑް" އިނާމު ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެކަމަށް 10،000 (ދިހަހާސް) ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށާއި، މި ބަޖެޓުގެ ތެރެއިން އެންމެ މޮޅު ދަރިވަރަށް ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ޑްރައިވިންގ ޓްރެކް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުން.

ޑްރައިވިންގ ޓްރެކް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ފަހު ވަނީ ޑްރައިވިން ޓްރެކް ހެދުމަށް 300،000 (ތިންލަންކަ) ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ވިޔާފަރި ބިން ކުއްޔަށް ދިނުމަށް ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)414/414/2026/67 ބާތިލްކޮށް އަލުން އިޢުލާން ކުރުމާއި މެދު މަޝްވަރާކުރުން.

ވިޔާފަރި ބިން ކުއްޔަށް ދިނުމަށް ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)414/414/2026/67 ބާތިލްކޮށް އަލުން އިޢުލާން ކުރުމާއި މެދު މަޝްވަރާކުރުމަށް ފަހު ވަނީ ވިޔަފާރި ބިން ކުއްޔަށް ދިނުމުގެ އުސޫލަށް ގެންނަށް އުނި އިތުރު ގެނެސް ދެންއަންނަށް ޖަލްސާއަކުން އުސޫލް ފާސްކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ ނަންބަރ 1000/2026/1140/1140 ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން

އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ ނަންބަރ 1000/2026/1140/1140 ސިޓީގައި ބަޔާންކޮށްފައިވާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙާއްސަ ހަރަކާތުގައި ބައިވެރިވަށް ދެވިފައިވާ ދަޢުވަތާއި މެދު މަޝްވަރާކުރުމަށްފަހު ވަނީ މިވަގުތު މި ކައުންސިލަށް ބައިވެރި ވެވެން ނެއްކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ނަންބަރު 44/2026/142-C1ސިޓީއާއި ބެހޭގޮތުން މަޝްވަރަކުރުން.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ނަންބަރު 44/2026/142-C1ސިޓީގައި ވާ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި، އެ މަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް ދީނި އިޢުލްމުވެރިން ހަމަޖެއްސަވައިދެއްވުމަށް އެދި މި އިދާރާއިން މި ވުޒާރާއަށް ސިޓީ ފޮނުވުމާއި މެދު މަޝްވަރާކޮށް ވަނީ ރަމަޟާން މަހު 3 ދަރުހެއް ދިނުމާއި، އަދި ދަރުސް ދިނުމުގެ މައުޟޫގެ ގޮތުގައި، އެއްބައިވައްތަކަމާއި، އީމާންތެރިކަމާއި،ރަމަޟާން މަހުގެ މާތްކަށް، މި ގޮތަށް ސިޓީގެ ޖަވާބު ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ގޯލްޑެއްގައި ބައިވެރިވުމަށް ފީ ދެއްކުމާއި މެދު މަޝްވަރާކުރުން.

ގޯލްޑެއްގައި ބައިވެރިވުމަށް ފީ ދެއްކުމާއި މެދު މަޝްވަރާކުރުމަށްފަހު ވަނީ ގޯލްޑެއްގައި ބައިވެރިވުމަށް ފީގެ ގޮތުގައި 8،500 ރުފިޔާ ކައުންސިލުން ދެއްކުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 9

ގަރާޖް ފޯމާއި ޗެކްލިސްޓް ފާސްކުރުން.

ގަރާޖް ފޯމާއި ޗެކްލިސްޓް ފާސްކުރުމާއި މެދު މަޝްވަރާކުރުމަށް ފަހު ވަނީ ގަރާޖް ފޯމާއި ޗެކްލިސްޓް ޗެކްކުރުމަށް ކައުންސިލް މެމްބަރަކާއި، އަދި އިދާރީ ގޮތުން އެއް މުވައްޒަފް ކަނޑައެޅާއި ގަރާޖް ފޯމް ރަނގަޅުކަމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ހަސަން ލަތީފް