ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 21 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       21 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 21/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   06 އޮކްޓޫބަރު 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 20 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 20 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ވިޔަފާރި ބިން ކުއްޔަށް ދިނުމަށް އިޢުލާން ކުރުމާމެދު މަޝްވަރާކުރުން.

ވިޔަފާރި ބިން ކުއްޔަށް ދިނުމަށް އިޢުލާން ކުރުމާމެދު މަޝްވަރާކޮށް ވަނީ ކުރިން ކޮންފައިވާ އިޢުލާން ވިޔަފާރި ބިން ދޫކުރުމުގެ އުސޫލަށް އަމިއްލަ ފަރުދުންނަށް ލެވޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސް ވިޔަފާރި ބިމަށް އަލުން އިޢުލާން ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ބަނދަރުގެ ކުރެހުން ފައިނަލް ކުރުން.

ބަނދަރުގެ ކުރެހުން ފައިނަލް ކުރުމާއި މެދު މަޝްވަރާކޮށް ވަނީ ކުރަހާފައިވާ  ކުރެހުމާއި އެއްގޮތަށް ބަނދަރުގެ ކުރެހުން ފައިނަލް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ފަހީމް ގޯތީގެ އުތުރުން އޮތް ހުސްބިން ދަނޑުވެރިކަން ކުރުމަށް ދިނުމާއި މެދު މަޝްވަރާކުރުން.

ފަހީމް ގޯތީގެ އުތުރުން އޮތް ހުސްބިން ދަނޑުވެރިކަން ކުރުމަށް ދިނުމާއި މެދު މަޝްވަރާކޮށްވަނީ ދަނޑުވެރިކަމުގެ ބިން ދިނުމުގެ އުސޫލާއި އެއްގޮތަށް ދަނޑުބިމަށް އިޢުލާން ކުރުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ހަސަން ލަތީފް