ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 22 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

 

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       22 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 22/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   13 އޮކްޓޫބަރު 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 21 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ސްޕަވައިޒް ކުރުމުގެ ކަންތައް ކުރިޔަންގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުން.

ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ސްޕަވައިޒް ކުރުމުގެ ކަންތައް ކުރިޔަންގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށްފަހުވަނީ މި މަސައްކަތްތަށް ސްޕަވައިޒް ކުރުމަށް ކައުންސިލް މެންބަރު ޙަސަން ލަތީފު ކަނޑައެޅުމާއި، މިމަސައްކަތްތަށް ކުރިއަށް ދާ މިންވަރެއް ބެލުމަށް ކޮންމެ ހަފްތާއެކު އާދީއްތަ ދުވަހު ޗެކްކޮށް އަދި އެ ތަށްތަނުގެ ޕޮޓޯތަށް ކައުންސިލާއި ހިއްސާކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ވެކްޓަރ ކޮމިޓީ އަލުން އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ވެކްޓަރ ކޮމިޓީ އަލުން އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ވަނީ މި ކޮމިޓީ އެކުލަވާލުމަށް ކޮންމެ މުވައްސަސާއަކު އެކަކު ހިމެނުމަށް މުވައްސަސާތަކަށް ސިޓީ ފޮނުވުމާއި، އަދި ކޮމިޓީގެ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ނައިބު ރައީސާ ހައިފާ ޙުސައިން ހިމެނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ޤުރުޢާން ކުލާހުގެ ފީ ކަނޑައެޅުމާއި މެދު މަޝްވަރާކުރުން.

ޤުރުޢާން ކުލާހުގެ ފީ މާފްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ފަހުވަނީ ފުރަތަމަ 3 މަހުގެ ފީ މާފްކުރުމާއި، ދެން ފީ ނަގާނީ 1 ޖެނުއަރީ 2027 އިން ފެށިގެންކަމަށް ނިންމުނެވެ.

 އެޖެންޑާ އައިޓަމް 6

މަގުމަތީގެ ހިނގާ މީހުންނާއި، ދުއްވާ އުޅަނދުތަކަށް އުދަގޫ ވާގޮތަށް ހުރި ކަންކަން ހައްލުކުރުމާއި މެދު މަޝްވަރާކުރުން.

މަގުމަތީގެ ހިނގާ މީހުންނާއި، ދުއްވާ އުޅަނދުތަކަށް އުދަގޫ ވާގޮތަށް ހުރި ކަންކަން ހައްލުކުރުމާއި މެދު މަޝްވަރާކުރުމަށްފަހު ވަނީ މިކަންތަށްތަ ހައްލުކުރުމަށް ގޭގެ ވެރިފަރާތްތަކަށް އެންގުމާއި، އަދި މިކަމާ ގުޅޭގޮތުން އާންމު އިޢުލާންނެއް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ނީލަން ކީ ގޮޑި ނައްތަލުމާއި މެދު މަޝްވަރާކުރުން.

ނީލަން ކީ ގޮޑި ނައްތަލުމާއި މެދު މަޝްވަރާކުރުމަށް ފަހުވަނީ މިގޮޑިތަކަކީ ނީލަން ކިޔުމަށް ފަހު ނުނަގާ ހުރި ގޮޑިތަކެއްކަމަށް ވާތީ މި ގޮޑިތަށް ނައްތާލުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ހަސަން ލަތީފް