.png)
ނަންބަރު: 11/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 15 މާރިޗު 2023
ޖަލްސާ ފެށި ގަޑ: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ފައިނޭންސް އޮފިސަރ ސިލްމާ ޒާހިރު ރިލީޒްކޮށްދިނުމަށް އެދި ޔޫތް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
އޮފީސް މަސައްކަތްތަކަށް ބުރޫނާރާގޮތަށް އިދާރީ ގޮތުން ދަތި ކަމެއް ނެތިޔާ ސިލްމާ އަށް ރިލީޒް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ރޯދަ މަހާއި ދިމާކޮށް ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް 50،000 ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 5
ފުޓްސަލް ދަނޑު މަރާމާތް ކުރުމަށް ޒުވާނުން ބޭނުންވާތީ، ކައުންސިލުން ވެވެން އޮތް އެހިތެރިކަމެއް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ފުޓްސަލް ދަނޑު މަރާމާތް ކުރުމަށް ޒުވާނުން ބޭނުންވާތީ، ޒުވާނުންނަށް ކައުންސިލުން ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ތޯރިޤު އަފީފު
ސިމާޙު އިބްރާހިމް
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
15 މާރިޗު 2023