.png)
ނަންބަރު: 12/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 22 މާރިޗު 2023
ޖަލްސާ ފެށި ގަޑ: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 11 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 11 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޑިންގީ މަރާމާތުކުރުމަށް ވަކި ސަރަޙައްދެއް ކަނޑައަޅައި ތަނެއް ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޑިންގީ މަރާމާތުކުރުމަށް މިހާރު ބޭނުންކުރަމުންގެންދާ ތަން ހުސްކޮށް ޑިންގީ މަރާމާތުކުރުމަށް ވަކި ސަރަޙައްދެއް ކަނޑައަޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
ވިޔަފާރި އުސޫލުން ކުއްޔައްދިނުމަށް އިޢުލާންކޮށްފައިވާ ބިންތަކުގެ ބިޑާއި ބެހޭގޮތުން މަޝްވަރާކުރުން.
ވިޔަފާރި އުސޫލުން ކުއްޔައްދިނުމަށް އިޢުލާންކޮށްފައިވާ ބިންތަކަށް އެދެވިގެންވާ ތާޢީދު ލިބިފައި ނުވާތީއާއި ގިނަބަޔަކަށް ފުރުސަތު ދިނުމަށްޓަކައި އަލުން އިއުލާންކޮށް ގިނަމީހުންނަށް ފުރުސަތު ހުޅުވާލުމަށް ވިޔަފާރި ބިންތައް އަލުން އިއުލާންކުރުމަށް ތާއީދުކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެކެވެ. އަނެއް 2 މެމްބަރުން ތާޢިދު ނުކުރާތީ ވިޔަފާރި ބިންތައް އަލުން އިއުލާންކުރުމަށް ޖަލްސާއިން ފާސްކުރެވިފައިނުވެއެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު )
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 5
ކުނިވާ ޒާތުގެ ކުނި އަޅާ ސަރަޙައްދުތައް އިޢުލާން ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކުނިވާ ޒާތުގެ ކުނިއަޅާ ސަރަޙައްދުތައް އާންމުންނަށް އިގޭނެހެން އިޢުލާންކުރުމަށާއި ކުނިއެޅުމާއި ބެހޭގޮތުން ހަދާފައިވާ އުސޫލަށް އަމަލުކޮށް މި އުސޫލާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ތޯރިޤު އަފީފު
ސިމާޙު އިބްރާހިމް
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
22 މާރިޗު 2023