.png)
ނަންބަރު: 13/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 29 މާރިޗު 2023
ޖަލްސާ ފެށި ގަޑ: 10:30
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
މިސްކިތުގައި ބޭނުންކޮށްފައިވާ ފަންކާތައް ނީލަން ކިޔުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.
މިސްކިތް އޭސީ ކުރުމުގެ ސަބަބުން ކުރިން މިސްކިތުގައި ބޭނުންކޮށްފައިވާ ސްޓޭންޑް ފަންކާތައް ނީލަން ކިޔުމަށް އިދާރީގޮތުން ވީހާވެސް އަވަސްމުއްދަތުގެ ތެރޭގައި ނީލަން ފެއްޓުމަށް އަގެއް ކަނޑައަޅާއި ކައުންސިލަރ ހިއްސާކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
ހިނަވާގެއަށް މޭޒަކާއި ކަބަޑުސެޓެއް ހޯދުމައި ބެހޭގޮތުން މަޝްވަރާކުރުން.
ހިނަވާގެއަށް މޭޒަކާއި ކަބަނޑު ސެޓެއް ބޭނުންވާތީ އެތަކެތި ޖެހުމަށް ރަށު ތެރެއިން އެކަމަށް ޝައުޤުވެރިކަން ހުރި މީހުން ބަލައި ވީހާވެސް އަވަހަށް މަސައްކަތް ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: ( )
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ )
· ވޯޓްގައި ބައިވެރިނުވާ :( )
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ތޯރިޤު އަފީފު
ސިމާޙު އިބްރާހިމް
ފާތިމަތު ހުދާ
29 މާރިޗު 2023