.png)
ނަންބަރު: 14/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 06 އޭޕްރީލް 2023
ޖަލްސާ ފެށި ގަޑ: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ތިމާވެށި ދުވަހާއި ގުޅިގެން ރަށުގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.
ރަށު ތެރެއިން ރުއް އިންދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށާއި ތިމާވެށި ދުވަހާއި ގުޅުވައިގެން ގިނަ އަދަދެއްގެ ރުއް ރަށުގެ އެކި ސަރަޙައްދުގައި ޖެހުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ތޯރިޤު އަފީފު
ސިމާޙު އިބްރާހިމް
ފާތިމަތު ހުދާ
06 އޭޕްރިލް 2023