.png)
ނަންބަރު: 16/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 20 އޭޕްރީލް 2023
ޖަލްސާ ފެށި ގަޑ: 10:00
ޖަލްސާ ނިމުނު ގަޑި: 10:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތޯރިޤު އަފީފު )
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޒަރީރު ފާރޫޤު އަށް ލިބިފައިވާ ބަންޑާރަ ގޯތި އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް ހުށަހަޅާފައިވާ ސިޓީއަށް ޖަވާބެއް ދިނުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.
މި މައްސަލައަށް ގޮތެއް ނިންމަށް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ޒަރީރު ފާރޫޤުއަށް ލިބިފައިވާ ގޯއްޗާއި ބެހޭ އެއްވެސް ލިޔެކިޔުމެއް ހުރިނަމަ އެ ލިޔެކިޔުމެއް މި އިދާރާއަށް ހުށަހެޅުމަށް ދެންނެވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު )
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ތޯރިޤު އަފީފު
އިބްރާހިމް ޙުސައިން
ސިމާޙު އިބްރާހިމް
ފާތިމަތު ހުދާ
20 އޭޕްރިލް 2023