.png)
ނަންބަރު: 18/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 04 މެއި 2023
ޖަލްސާ ފެށި ގަޑ: 10:00
ޖަލްސާ ނިމުނު ގަޑި: 11:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 17 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 17 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޑިންގި ސަރަޙައްދު ކުއްޔަށްދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޑިންގީ ސަރަޙައްދު ކުއްޔަށްދިނުމަށް އިއުލާންކުރާއިރު ޝައުޤުވެރިވާ މީހުންނަށް ބޮޑަށް ފުރުސަތު ލިބޭ ގޮތަށް ކުއްޔަށް ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 4
މަންމައިންގެ ދުވަސް ފާހަގަކުރުމަށް ބަށި މެޗެއްކުޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.
މަންމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެނުންގެ ކޮމެޓީއާއި ގުޅިގެން ރަށުގެ މަންމައިންގެ މެދުގައި ބަށި މެޗެއްކުޅުމަށް ވަނީ ނިންމާފައެވެ. އަދި މެޗްކުޅުމަށް ޓީމް ނެގުމަށް އިއުލާން ކޮށްގެން މެޗް ކުޅެން ބޭނުންވާ މަންމައިން ނަންނޯޓު ކުރުމަށް ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 5
ފެންހެދިފައިވާ މަގުތަކަށް ފަސް އެޅުމާއި ބެހޭގޮތުން.
ފަސް އަޅަންޖެހޭ ބައިވަރު މަގުތައް ހުރުމުން ވިއްސާރާ ރަގަނޅު ވީހާއަވަހަކަށް މަގުތަކަށް ފަސް އެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 6
ދޯނިފަހަރު ތަކަށް ކަރަންޓު ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
މަސްވެރިންގެ ދުވަހާއި ދިމާކޮށް ދޯނިފަހަރުތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބަނދަރު ސަރަޙައްދުގައި މިޓަރ ހަރުކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 7
ކުޑަކުދިން ޕާކުގައި ވަށާފާރު ރޭނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
މިހާރު ހަދަން ފަށާފައިވާ ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރާނާފަ އަވަހަށް ނިންމުމަށް ޖަލްސާގައި ބައިވެރިވި 3 މެމބަރުންގެ ތެރެއިން 2 މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ )
· ވޯޓްގައި ބައިވެރިނުވާ :()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
އިބްރާހިމް ޙުސައިން
ސިމާޙު އިބްރާހިމް
ފާތިމަތު ހުދާ
04 މެއި 2023