.png)
ނަންބަރު: 04/2023/24
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 15 ޖޫން 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 12:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ފެހެލާ ލޯކަލް ޓުވަރިޒަމްއަށް ކުއްޔައްދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ފެހެލާ ލޯކަލް ޓުވަރިޒަމްއަށް ކުއްޔައްދިނުމަށް ބައެއް ފަރާތްތަކުން އެދެމުން ގެންދާތީ ފެހެލާ ލޯކަލް ޓުވަރިޒަމްއަށް ކުއްޔައްދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 4
ޕިކަޕް އެގްރީމަންޓް ބާތިލް ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޕިކަޕް ނުގެނެވި ގިނަދުވަސްތަކެއް ވާތީ ޕިކަޕް ގަތުމަށް އެގްރީމެންޓްކޮށްފައިވާ ފަރާތާއި ދެމެދު ވެވުނު އެއްބަސްވުން ބާތިލްކޮށް އަލުން ޕިކަޕް ގަތުމަށް އިއުލާންކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 5
ޢީދާ ދިމާކޮށް ބަނދަރުމަތީގައި ހުރި ޕޮޓްތައް ރީތުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޢީދާއި ދިމާކޮށް ބަނދަރުމަތި ޒީނަތްތެރިކުރުމުގެ ގޮތުން ބަނދަރުމަތީގައި ހުރި ޕޮޓްތަކާއި ހަޓްތައް ރީތިކުރުމުގެ ގޮތުން ކުލަލުމަށާއި ސާފުކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ހުއްޓޭކޮޑާ ސަރަޙައްދު ރީތިކުރުމަށްވެސް ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 6
އެމްއެންޑީއެފްއާއި ގުޅިގެން ބެލެނިވެރިންނަށް ހޭލުންތެރިކަމުގެ ޕޮރޮގްރާމެއް ހިންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.
މި ޕްރޮގްރާމުގެ ތެރޭގައި ރައްކާތެރިކަމާއެކީ އަލިފާން ގެންގުޅުމަށައި ރަގަނޅު ގޮތުގައި އިންޓަރނެޓް ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ. އެގޮތުން ސްކޫލު ހުޅުވޭ ހަފްތާތެރޭގައި ބެލެނިވެރިން ހޭލުންތެރިކަމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 7
ސިތާނާއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ބަނދަރުމަތީގައި ވިޔަފާރިކުރުމުގެ ހުއްދަޔަށް އެދި ސިތާނާއިން ފޮނުވާފައިވާ ސިޓީއައި އެއްގޮތަށް ހުދަދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
އިބްރާހިމް ޙުސައިން
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
15 ޖޫން 2023