.png)
ނަންބަރު: 27/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 13 ޖުލައި 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 12:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 26 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 26 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
2024 ވަނަ އަހަރު މަސައްކަތް ތާވަލުގައި ހިމަނާފައިވާކަންކަން ފާސްކުރުން.
2024 ވަނަ އަހަރު މަސައްކަތް ތާވަލުގައި ހުރިކަންކަން ބެލުމަށްފަހު އިތުރުކުރަންޖެހޭ ކަންކަން އިތުރުކޮށް ފާސްކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 4
ފިނޭންސް އޮފިސަރ ސިލްމާ ޒާހިރު ރިލީސްކޮށްދިނުމަށް އެދި ޔޫތް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއައި ބެހޭ ގޮތުން މަޝްވަރާކުރުން.
ފިނޭންސް އޮފިސަރ ސިލްމާ ޒާހިރު ކޮށްދިނުމަށް އެދި ޔޫތް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއާއި ހަވާލާދީ ކައުންސިލްގެ ހުރިދަތިއް ފާހަގަކޮށް ސިޓީ ފޮނުވުމަށް ވަނީ ނިންމާފައެވެ. އަދި މިއަހަރު ދެ ފަހަރެއްގެ މަތިން ރިލީޒް ދީފައިވާތީއާއެކު ކައުންސިލް އިދާރާގައި މުވައްޒަފުންގެ ދަތިކަން ހުރުމާއެކު މި ފަހަރު ރިލީޒް ނުދިނުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 5
ކައުންސިލްގެ ކޭޝްފްލޯ ދަންވަމުންދާތީވެ، ބަޖެޓުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އިތުރު ޚަރަދު ކުރުން މަޑުޖައްސާލަން ޖެހޭކަން ބަޔާންކޮށް މާލީ ޒިންމާދާރު ވެރިޔާ ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު މަޝްވަރާކުރުން.
ކައުންސިލްގެ ކޭޝްފުލޯ ދައްވާތީ ވީހާވެސް ހަރަދުކުޑަކޮށް ކަންކަން ކުރުމާއި އަދި ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް މާލީ ޒިންމާދާރު ވެރިޔާ ވަނި ލާފާދީފައެވެ. އެގޮތުން ބަޖެޓް މައުލޫމާތު ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންނަށް ތަފްސީލްކޮށް ކިޔާއިދީފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 6
2023 ވަނަ އަހަރު ޖުލައި މަހު ރައްޔިތު ބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.
2023 ވަނަ އަހަރު ޖުލައި މަހު ރައްޔިތު ބައްދަލުވުން 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 7
ހުއްޓޭ ކޮޑާ ބެލެހެއްޓުން ކޮމެޓީއަށް ހަވާލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ހުއްޓޭ ކޮޑާ ސަރަޙައްދު ބެލެހެއްޓުން ކޮމެޓީއާއި ހަވާލުކުރުމަށް އުސޫލެއްހަދައި އެ އުސޫލުގެ ދަށުން އެތަން ކޮމެޓީއާއި ހަވާލުކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
އިބްރާހިމް ޙުސައިން
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
13 ޖުލައި 2023