.png)
ނަންބަރު: 28/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 20 ޖުލައި 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 12:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ރައީސުލްޖުމްހުރިއްޔާ ވަޑައިގަންނަވާތީ ކައުންސިލުން ހުށަހަޅާ ކަންތައްތަކާއިމެދު މަޝްވަރާކުރުން.
ކައުންސިލުން ހުށަހަޅާ ކަންތައްތައް
ރަށުގެ ފަޅު ބޮޑުކުރުން، ކުޑަކުދިންގެ ޕާކް ހެދުން، މާވާރުލު އެއާޕޯޓުން ފަސޭހައިން ޓިކެޓް ލިބޭނެ ގޮތެއް ހަމަޖެއްސުން، ކުޅިވަރު ކުޅޭ ދަނޑުތައް ހެދުމަށް، ސްކޫލުގެ ހުރި ދަތިތައް، ކޯޓުގެ ދަތިތައް، ޒުވާނުންމަރުކަޒު ހެދުން، އޭޓީއެމް ހެދުން، ރަށް ވަށައިމަގު ހެދުން، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުން، ރަށުގެ ބިމުގެ ޖާގަނެތުން، ރޯހައުސް އެޅުން، ފެހެލާ ބްރިޖް އެޅުން، ކައުންސިލްގެ ޖާގައިގެ ދަތިކަން، ޕިކްނިކް އައިލެންޑެއް ހެދުން ހިމެނެއެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 4
ކުނިކޮށީގެ ގޭޓް މަރާމާތުކޮށް، ކުނިއެޅުމަށް ވަކި ގަޑިތަކެއް ކަނޑައެޅުމާއިބެހޭ ގޮތުން މަޝްވަރާކުރުން.
ކުނިކޮށީގައި ހަދާފައިވާ ގޭޓް މަރާމާތުކޮށް ކުނިކޮށްޓަށް އިތުރުމީހަކު ނަގައި ކުނިކޮށްޓަށް ކުނިއެޅުމަށް ވަކި ގަޑިތަކެއް ހެދުމަށް ވަނީ ވާހަކަ ދައްކާފައެވެ. ގަޑިކަނޑައެޅުމަށް ވާހަކަ ދެކެވިފަވަނީ ހެދުނު 6:00 އިން 11:00 އަށް އަދި މެންދުރުފަހު 14:00 އިން 15:00 އަށް އަދި ހަވީރު 16:00 އިން 17:45 އަށެވެ. އެގޮތުން ކުނިގޮޑު ހުޅުވާ ލެއްޕުމަށް ވަކި އުސޫލެއްހަދައި އިއުލާން ކުރުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 5
ކައުންސިލްގެ ލައުޑް ރަނގަޅު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލްގެ ލައުޑް ރަނގަޅުކުރުމަށް ސިސްޓަމެއް ހޯދައި ރަނގަޅުކުރުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 6
ކައުންސިލުން ނަގާ ފޮޓޯތައް ރަނގަޅުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލުން ނަގާ ފޮޓޯތަކުގެ ލައިޓިންގ ރަނގަޅުކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ނައިބު ރައީސް އިބްރާހިމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ފާތުމަތު ހުދާ، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
އިބްރާހިމް ޙުސައިން
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
20 ޖުލައި 2023