.png)
ނަންބަރު: 29/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 03 އޮގަސްޓު 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 12:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ބަންޑާރަ ގޯތި ދިނުމުގެ އުސޫލު ފާސްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ބަންޑާރަ ގޯތި ދިނުމަށް ހަދާފައިވާ އުސޫލު އާންމު ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ރައްޔިތުންނާއި ހިއްސާކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 3
ކައުންސިލް ނައިބު ރައީސްއަށް ނަސޭހަތްތެރިވުން.
ކައުންސިލްގެ ނައިބު ރައީސްގެ އަމަލުތައް ހުންނަގޮތުން ނައިބު ރައީސަށް ނަސޭހަތްތެރިވުމަށް އެޖަންޑާރ ކުރިނަމަވެސް، ނައިބު ރައީސް އާއިލީ ޒިންމާ ޗުޓީގައި ހުރުމުގެ ސަބަބުން ޖަލްސާގައި ބައިވެރިވެފައި ނުވާތީ ދެންއަންނަ ޖަލްސާއަކަށް މި އައިޓަމް އެޖެންޑާރ ކުރުމަށް ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 4
ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް މިނިސްޓްރީތަކަށް ހުށަހެޅުމާއިމެދު މަޝްވަރާކޮށް ގޮތެއްނިންމުން.
މިނިސްޓްރީގެ ޕްރޮޖެކްޓުތަކާއި ގުޅޭ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް
ޔޫތް މިނިސްޓްރީ - ފުޓްބޯޅަ ދަނޑު، ކުޑަކުދިންގެ ޕާކް، ޔޫތް ސެންޓަރ
ޕްލޭނނިންގ މިނިސްޓްރީ – ބަނދަރު ، މޫދަށް އެރޭ ސަރަޙައްދު
އެލް.ޖީ.އޭ – ކައުންސިލް އިދާރާ
އެޑިއުކޭޝަން މިނިސްޓްރީ – ސްކޫލު ކްލާސް ރޫމްތައް، ސްކޫލު ފާރު
ރައީސް އޮފީސް – އޭ.ޓީ.އެމް
ޖުޑިޝަރީ – ކޯޓު އިމާރާތް، މައްސަލަތައް ނުނިމި ލަސްވުން
މީގެ އިތުރުންވެސް އިތުރު ކަންކަން އެސް.ޖީ އާއި ހިއްސާކުރުމަށާއި މިނިސްޓްރީތަކަށް ސިޓީ ފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 5
ކެފޭ ހެދުމަށް ބިމެއް ހޯދުމަށް އަމިއްލަފަރާތަކުން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
އެގޮތުން އެ ބިމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އޮންނަ ބިމަކަށް ވެފައި އެބިން ކެފޭގެ ބޭނުމަށް ދިނުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި މި ބިން ހިމޭނޭގޮތަށް ރަށުގައި ކެފޭ ހިންގުމަށް ކަނޑައަޅާފައިވާ ބިންތައް ވީހާވެސް އަވަހަށް އިއުލާންކުރުމަށް ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
ސިމާޙު އިބްރާހިމު
އައްބާސާ މުޙައްމަދު
03 އޮގަސްޓު 2023