.png)
ނަންބަރު: 31/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 14 އޮގަސްޓު 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 12:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
އަތޮޅު ކައުންސިލުން ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ރައީސް ރަސްމީދަތުރެއްގައި މާލެއަށް ދިއުމަށް ހަމަޖެހިފައިވާ ވާހަކަ މެމްބަރުނާއި ހިއްސާކުރުން.
އެންވަޔަރަންމަންޓް މިނިސްޓްރީއިން ކުރިއަށްގެންދާ މަޝްރޫޢަކާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީއްޔާތުގައި ބައިވެރިވުމަށް ރައީސް ރަސްމީދަތުރެއްގައި މާލެއަށް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ވަނީ މެމްބަރުންނާއި ހިއްސާކޮށްފައެވެ. މި ދަތުރުގެ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީއިންނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 4
ކައުންސިލް އިމާރާތް އެޅުމަށް ހަމަޖެހިފައިވާތީ، ކޯޓު އިމާރާތް ބަދަލުކުރުމަށް ގަރާރެއް ފާސްކުރުމާއި މެދު މަޝްވަރާކުރުން.
އަންނަ އަހަރު ކައުންސިލް އިމާރާތް އެޅުމަށް ހަމަޖެހިފައިވާތީ މީހާރު ކައުންސިލް ހިންގަމުންދާ އިމާރާތް ތަޅާލަންޖެހޭތީއާއި، މި މައްސަލައަކީ އެކިފަހަރުގެ މަތިން މަޝްވަރާކޮށް ހައްލެއް ލިބިފައިނުވާ މައްސަލައަކަށްވާތީ ކޯޓު އިމާރާތް މިއަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް ހުސްކޮށްދިނުމަށް އެދި ސިޓީ ފޮނުވުމަށް ވަނީ ނިންމާފައެވެ. އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ކޯޓު އިމާރާތް އެޅުމަށް ބިމެއް ކަނޑައެޅިފައިވާ ވާހަކަވެސް ސިޓީގައި ބަޔާންކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެއިތުން މިހާރު ހުރި ހުރިހާ ކަންބޮޑުވުންތައް ހިމަނައިގެން ގަރާރެއް ފާސްކުރުމަށް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ ތާޢިދާއެކު ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( މެމްބަރު ސިމާހު އިބްރާހިމް)
އެޖެންޑާ އައިޓަމް 5
ކޯޑު ބަދަލުކުރުމާއި ބެހޭގޮތުން ގޮތެއް ނިންމުން.
211002 ކޯޑުން 226011 އަދި 222001 ކޯޑަށް ފައިސާ ފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 6
ފުޓްސަލް ދަނޑުގައި ޓާރފް އެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ފުޓްސަލް ދަނޑުގައި ޓާރފް އެޅުމަށްޓަކައި މިހާރު އަޅާފައިވާ ޓާރފުތައްނަގައި ބަށިކުޅޭ ސަރަޙައްދުގައި އެޅުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 7
ޕްރޮގްރަސިވް ޕާޓީ އިން ފޮނުވާފައިވާ ސިޓީއަކާއި ބެހޭގޮތުން މަޝްވަރާކުރުން.
ރިޔާސީ އިންތިޙާބާއި ދިމާކޮށް ރަށުގެ އެކި ސަރަޙައްދު ތަކުގައި ދިދަ އަދި ބެނާ ޖެހުމުގެ ހުއްދަޔަށްއެދި ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން ރަށުގެ މަސްލަހަތު ނުގެއްލޭގޮތަށް ދިދަ އަދި ބެނާޖެހުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި އަދި އިންތިޙާބު ނިމުމުން ޖަހާފައިވާ ދިދަ އަދި ބެނާތައް ނަގަން ވާނެކަން ބަޔާންކޮށް ހުށަހަޅާފައިވާ ސިޓީއަށް ޖަވާބު ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިޢްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ.ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
އިބްރާހިމް ހުސައިން
ސިމާޙު އިބްރާހިމު
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
14 އޮގަސްޓު 2023