.png)
ނަންބަރު: 32/2023/04
ޖަލްސާ ބޭއްވި ތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 24 އޮގަސްޓު 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 13:22
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 31 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 31 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 3
ކުނި މެނޭޖްކުރުމަށް ޕިކަޕެއް ގަތުމަށް އިޢުލާންކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.
ކުނި މެނޭޖްކުރުމަށްޓަކައި 2 ޓަނުގެ ޑަމްޕު ޕިކަޕެއް ހޯދުމަށް އިއުލާން ކުރުމަށާއި އަދި 2 ޓަނުގެ ޑަމްޕު ޕިކަޕްް ހޯދުމަށް 750،000 ރުފިޔާ ބަޖެޓުކުރުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 4
ގޯތި ދިނުމުގެ އުޞޫލު ފާސްކުރުން.
ގޯތި ދިނުމުގެ އުޞޫލު ވަނީ 20 ދުވަހުގެ މުއްދަތައް ރައްޔިތުންގެ ހިޔާލާއި ޝަކުވާ ހުށަހެޅުމަށް އާންމުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަސްމީކޮށް އެއްވެސް ޝަކުވާއެއް އަދި ހިޔާލެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރަމެވެ. އެގޮތުން އުޞޫލުގައި ވާ މާލިއްޔަތު ބައި އެއްކޮށް އުނިކޮށް އުޞޫލަށް ގެންނަންފެންނަ ބަދަލުތައް ހިމަނައިގެން ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ގޯތި ދިނުމުގެ އުޞޫލު ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް،މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 5
އޭޓީއެމް ބެހެއްޓޭ އިމާރާތާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ރަށުގެ ލޭންޑް ޔޫސް ޕްލޭން ގައި އޭޓީއެމް އެޅުމަށް ވަކި ބިމެއް ކަނޑައަޅާފައި ވަނިކޮށް ފެނަކަ އިމާރާތުގައި އޭޓީއެމް ބެހެއްޓުމަށް ނިންމި ނިންމުމަކީ އެއްވެސް ވަރަކަށް ތާއިދުކުރާ ކަމެއް ނޫންކަމުގައި ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ އިމާރާތާއި ގުޅޭގޮތުން މިނިސްޓްރީއިން ސިޓީ ފޮނުވާފައި ވަނީ އޭޓީއެމް އަޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ކަނޑައަޅާއި ނިންމާފައި އެކަން ކައުންސިލާއި ހިއްސާކުރުމަށް ކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް އޭޓީއެމް އެޅުމަށް ވަކި ސަރަޙައްދެއް ކަނޑައަޅާފައިވާ ވާހަކަ ބަޔާންކޮށް ސިޓީ ފޮނުވުމަށް ޖަލްސާއިން ވަނީ ނިންމާފައެވެ.
ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 6
ރަށުގައި މިސްކިތެއް އެޅުމަށް ހުއްދައަށްއެދި އަމިއްލަ ފަރާތަކުން ފޮނުވާފައިވާ ސިޓީއަކާއި ބެހޭގޮތުން މަޝްވަރާކުރުން.
އަމިއްލަ ފަރާތަކުން ރަށުގައި މިސްކިތެއް އެޅުމަގެ ހުއްދަޔަށް އެދި ސިޓީ ފޮނުވާފައިވާތީ، ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި މިސްކިތް އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން 5000 އަކަފޫޓުގެ ބިމެއް ދެއްކުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މިސްކިތް އެޅުމަށް ހުއްދަދޭނީ އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ކުރެހުން ހުށަހަޅައިގެން ކަމުގައި ޖަލްސާއިން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 7
ޕްރޮގްރަސިވް ޕާޓީ އިން ފޮނުވާފައިވާ ސިޓީއަކާއި ބެހޭގޮތުން މަޝްވަރާކުރުން.
ރިޔާސީ އިންތިޙާބާއި ދިމާކޮށް ރަށުގެ އެކި ސަރަޙައްދު ތަކުގައި ދިދަ އަދި ބެނާ ޖެހުމުގެ ހުއްދަޔަށްއެދި ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން ރަށުގެ މަސްލަހަތު ނުގެއްލޭގޮތަށް ދިދަ އަދި ބެނާޖެހުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި އަދި އިންތިޙާބު ނިމުމުން ޖަހާފައިވާ ދިދަ އަދި ބެނާތައް ނަގަން ވާނެކަން ބަޔާންކޮށް ހުށަހަޅާފައިވާ ސިޓީއަށް ޖަވާބު ދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިޢްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
އެޖެންޑާ އައިޓަމް 8
2022 ވަނަ އަހަރު ކައުންސިލް އިދާރާ އޮޑިޓްކޮށް ހަދާފައިވާ މެނޭޖްމަންޓް ލެޓާރ މެމްބަރުނާއި ހިއްސާކުރުން.
2022 ވަނަ އަހަރު ކައުންސިލް އިދާރާ އޮޑިޓްކޮށް އޮޑިޓުން ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅޭގޮތުން ހަދާފައިވާ މެނޭޖްމަންޓް ލެޓާރ އެސްޖީ ވަނީ މެމްބަރުންނާއި ހިއްސާކޮށްފައެވެ. އަދި އިސްލާހު ކުރަންޖެހޭ ކަންތައްތައް ސްޓާފުންނާއި ވާހަކަ ދައްކައިގެން ހައްލުކުރާނެ ކަމުގައި އެސްޖީ ވަނީ ވިދާޅުވެފައެވެ. އެގޮތުން މެނޭޖްމަންޓު ލެޓާރ އިން ފާހަގަކޮށްފައިވާ ކަންކަމާއި މެދު މުވައްޒަފުންނާއި ބައްދަލުކުރުމަށް ކައުންސިލް ރައީސް ވަނީ ހުށަހަޅާފައެވެ. އަދި ޚަރުދުތަކުގެ ތަފްސީލް ކޮންމެ މަހަކު އެއްފަހަރު ކައުންސިލް މެމްބަރުންނާއި ހިއްސާކުރުމަށް ކައުންސިލް ޖަލްސާއަށް ވެއްދުމަށް ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
ސިމާޙު އިބްރާހިމު
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
31 އޮގަސްޓު 2023