
(IUL)414/414/2022/60 : ނަންބަރު
މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 10 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ބިމުގެ ކެޓަގަރީ
ތަފްސީލް | ބިމުގެ އަދަދު | ބިމުގެ ބޮޑުމިން |
---|---|---|
ސައިހޮޓާ ނުވަތަ ރީޓެއިލް ވިޔަފާރި | 03 | އަކަފޫޓް 1500 |
މާކުސް ދެވޭ މިންގަނޑު:
# | ތަފްސީލް | މާކްސް |
---|---|---|
1 |
| 50 |
2 | ޕްރޮޖެކްޓް ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތްދޭން ހުށަހަޅާ އަވަސް މުއްދަތު (މާކުސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އަވަސް މުއްދަތަކީ ބެންޗް މާކް ކަމުގައި ބަލައިގެންނެވެ.) | 20 |
3 | އިޖްތިމާއީ ފައިދާއަށް ކޮށްދޭނެ ކަންކަމަށް (މާކުސްދެވޭނީ އިޖްތިމާއީ ފައިދާއަށް އެންމެ ރަގަނޅަށް ހުށަހަޅާ ފަރާތަކަށް އެންމެ މަތިން މާކުސް ލިބޭނެ ގޮތަކަށެވެ.) | 20 |
4 | މާލީ ޤާބިލުކަމަށް (މާކުސް ދޭނީ ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ 3 މަސްދުވަހުގެ ބެންކް ސްޓޭޓްމަންޓަށް ބަލައިގެންނެވެ. ކޮންމެ މަހެއްގެ މަސްނިމޭ ބެލެންސް އެވްރެޖް ހޯދުމަށްފަހު، އެންމެ ބޮޑު އަދަދަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.) | 10 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ސެޕްޓެމްބަރ މަހުގެ 13:00އަށް ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ބިމަކަށް ވަކިންނެވެ.
އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް
- ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވެރިފަރާތުން ނޫން މީހަކަ ލައްވާ އަގު ހުށަހަޅާނަމަ ވެރިފަރާތުގެ ސިޓީއާއިއެކު ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ.
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.
29 އޮގަސްޓް 2022