ކައުންސިލް ޖޫނިއާރ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް 2024

       ނަންބަރު: (IUL)414/414/2024/59

 

އިޢުލާން

 

ކައުންސިލް ޖޫނިއާރ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް 2024

 

މި ކައުންސިލްގެ ފަރާތުން ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ފުޓްސަލް (ފިރިހެން) އަދި ހޭންޑްބޯލް (އަންހެން) މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރި ވުމަށް ބޭނުންވާ ދަރިވަރުންނަށް މި އަދުން ފެށިގެން 9 މެއި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް އިދާރާގައި ނަން ނޯޓް ކޮށްދެއްވުން އެދެމެވެ.

 މި ގޮތުން މި މުބާރާތުގައި ބައިވެރިވެވޭނީ ގްރޭޑް 3 އިން ގްރޭޑް 9 އަކާއި ދެމެދުގެ ދަރިވަރުންނަށް ކަމުގައި ދަންނަވަމެވެ. އަދި މި މުބާރާތުގައި ޓީމްތަށް އެކުލަވާލުމަށް ހަމަ ޖެހިފައިވަނީ ބައިވެރިވާ ކުދިންތަކުގެ މެދުގައި ކައުންސިލުން ޓީމްތަކަށް ކުދިން ބަހައިގެން ކުރިޔަށް ގެންދާ ގޮތަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ލިންކު: https://forms.office.com/r/stPQ26CEia

 

 

23 ޝައްވާލް 1445 

  02 މެއި 2024