ނަންބަރު:(IUL)414/414/2024/64 |
އިޢުލާން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 2024ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ގއ. ކަނޑުހުޅުދޫގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި މިރޮނގުން ގިނަބަޔަކު އަހުލުވެރި ކުރުމުގެ މަޤުސަދުގައި 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރުކު ކައުންސިލްއިން އިންތިޒާމުކޮށްގެން ބާއްވާ "ގއ. ކަނޑުހުޅުދޫ ކައުންސިލް ޤުރްއާން މުބާރާތް" 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ކަނޑުހުޅުދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 20 ޖުލައި 2024 އެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިމުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިއަހަރު ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ބާއްވާ އަތޮޅު ޤުރުޢާން މުބާރާތަށް ދަރިވަރުން ނެގޭނީ، މި މުބާރާތުން އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނަށް ކަމުގައި ދަންނަވަމެވެ.
މުބާރާތުގައި އިންސާފު ކުރާ އުމުރުފުރާތަކާއި، މުބާރާތުގެ މުޤައްރަރު
މި މުބާރާތުގައި ބައިވެރިވާ އުމުރުފުރާ ކަނޑައަޅާނީ 2024 މެއި މަހު ފެށޭ ދިރާސީ އަހަރުގައި އެ ދަރިވަރަކު ކިޔަވާ ކީ ސްޓޭޖަށެވެ. އަދި ބައިވެރިވާ ބޮޑެތި މީހުންގެ އުމުރު ބަލާނީ 1 ޖަނަވަރީ 2024 އަށެވެ.
1 ޛުލްޤައިދާ 1445
09 މެއި 2024