ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

(IUL)414-02/414/2024/68ނަންބަރު:

މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން އެކުލަވާލައި 08 މެއި 2024 ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު 19 މެއި 2024 ވަނަ ދުވަހުން ފެށިގެން ޢާންމުކޮށް ހުޅުވާލަމެވެ.

އަދި ހަމައެހެންމެ، މުދަލު ޒަކާތް ދޫކުރެވޭނީ ކޮންމެ ހިޖްރީ އަހަރެއްގެ ޙައްޖުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވާތީ، މި އަހަރު މުދަލު ޒަކާތުގެ ފައިސާ ޖަމާކުރެވޭނީ 08 ޖޫން 2024 ގެ ނިޔަލަށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވަމެވެ.   

ވީމާ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަވެސް ދަންނަވަމެވެ. މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 6820020 އަށް ގުޅުއްވުން އެދެމެވެ.

މިހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޛުލްޤައިދާ  1445

20  މެއި   2024

ގުޅޭ ފައިލްތައް