އިޢުލާން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 2024ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

 

 (IUL)414/414/2024/71 ނަންބަރު:

"ގއ. ކަނޑުހުޅުދޫ ކައުންސިލް ޤުރްއާން މުބާރާތް" 2024 އަށް އުމުރުފުރާ އިތުރުކުރުމަށްފަހު، ފޯމް ހުށަހެޅުމުގެ މުއްދަތު 13 ޖޫން 2024 އަށް އިތުރުކުރެވިފައިވާކަމުގައި ދަންނަވަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 20 ޖުލައި 2024 އެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

މުބާރާތުގައި އިންސާފު ކުރާ އުމުރުފުރާތަކާއި، މުބާރާތުގެ މުޤައްރަރު

މި މުބާރާތުގައި ބައިވެރިވާ އުމުރުފުރާ ކަނޑައަޅާނީ 2024 މެއި މަހު ފެށޭ ދިރާސީ އަހަރުގައި އެ ދަރިވަރަކު ކިޔަވާ ކީ ސްޓޭޖަށެވެ. އަދި ސްކޫލްކުދިން ނޫން އެހެން ކުދިންގެ އުމުރު ބަލާނީ 1 ޖަނަވަރީ 2024 އަށެވެ.

 

25 ޛުލްޤައިދާ 1445

02 ޖޫން   2024

ގުޅޭ ފައިލްތައް