ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ކޮންމެ އަހަރަކު 2 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާތީ، މިއަހަރު ދެވަނަ ބައްދަލުވުން 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި ކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވާލެވޭ އެއްފަރާތްތަކަށް ކައުންސިލުން ގިފްޓް ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދަންނަވަމެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް
2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ކުރެވުނު ކަންކަމުގެ ޚުލާސާ
2024 ވަނަ އަހަރު ކުރިއަށް ހުރި މަސައްކަތްތައް
2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
10 މުޙައްރަމް 1446
16 ޖުލައި 2024