އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނަންބަރު: (IUL)414-1/414/2024/86

   މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށްޓަކައި 11 އޮގަސްޓް 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.

-          ނަން  (ކުންފުނި / އަމިއްލަފަރުދުންގެ)

-          މެއިލް އެޑްރެސް

-          މޯބައިލް ނަންބަރ

މައުލޫމާތު ދިނުން.

މަޢުލޫމާތު ދިނުން އޮންނާނީ 12 އޮގަސްޓް 2024 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުން: 20 އޮގަސްޓް 2024 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތަކާއި މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެއެވެ.

  • ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''އެޕާޓްމަންޓް އެޅުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އަގު  60 މާރކްސް

  • މުއްދަތު 30 މާރކްސް

  • ތަޖުރިބާ 10 މާރކްސް

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

04 އޮގަސްޓް 2024