ނަންބަރު: (IUL)414/414/2024/102
އިޢުލާން
ކޯރު ސަރަހައްދުގައި ޑިންގީ، ލާންޗް މަރާމާތު ކުރުމާއިބެހޭ
މި ރަށުގެ ކޯރު ސަރަހައްދަކީ މިކައުންސިލުން ޚާއްސަ އިސްކަމެއް ދީގެން ސާފުކޮށް ބަލަހައްޓަމުންދާ ސަރަހައްދެއްކަމަށް ވީނަމަވެސް އެސަރަހައްދަށް އަރުވާފައި ހުރި ޑިންގީ ތަކާއި ލާންޗް ތަކުގެ ސަބަބުން މިސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށް މިވަނީ ވަރަށްބޮޑަށް ދަތިވެފައެވެ.
މިހެން ކަމުން މިކައުންސިލްގެ ހުއްދަނެތި ކޯރު ސަރަހައްދުގައި ޑިންގީ އަދި ލާންޗު މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއްކަން އަންގަމެވެ.
26 ރަބިޢުލްއައްވަލް 1446
29 ސެޕްޓެމްބަރ 2024