ވިޔަފާރި ބިން ކުއްޔަށް ދޫކުރުމާބެހޭ
މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 25 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ބިމުގެ ކެޓަގަރީ
ތަފްސީލް | ބިމުގެ އަދަދު | ބިމުގެ ބޮޑުމިން |
(1) ކޮންސްޓްރަކްޝަން،ގޭސް، ކެމިކަލް، ގަރާޖް، ވޯކްޝޮޕް، ކާޕެންޓްރީ | 65 ނަންބަރ ކޮށިން 3 | 1500 އަކަފޫޓު 1 ބިން، 1040 އަކަފޫޓް 2 ބިން |
(2) ކެފޭ، ރެސްޓައުރެންޓް، ރިއަލްސްޓޭޓް، ފިހާރަ | 71 ނަންބަރ ކޮށިން 4 | 1600 އަކަފޫޓު |
(3) ރީޓެއިލް ވިޔަފާރި | 74 ނަންބަރ ކޮށިން 1 | 1500 އަކަފޫޓު |
(4) އިމްޕޯމުދަލުގެ ވިޔަފާރި (ފިހާރަ) | 14 ނަންބަރ ކޮށިން 1 | 1098 އަކަފޫޓު |
# | ތަފްސީލް | މާކުސް |
1 | ބިމުކުލި)މިބަޔަށް މާރކްސް ދޭނީ އެންމެ ބޮޑެއް އަގެއް ހުށަހަޅާ އަގަކީ ބެންޗް މާކް ކަމުގައި ބަލައިގެން ކްރައިޓީރީއާއަށް ދެވިފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.( | 50 |
2 | ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ. | 20 |
3 | އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް. | 20 |
4 | ބީލަން ހުށަހަޅާ ކެޓަގަރީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިންތަކުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ. | 10 |
މާކުސް ދެވޭ މިންގަނޑު:
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.
މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް
މައުލޫމާތު ދިނުން.
ބީލަންވެރިންނަށް މައުލޫމާތު އޮންނާނީ 14 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓްތައް ބީލަންވެރިންނަށް މެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލައެއްވާނަމަ އީމެއިލް ކުރައްވާނީ 14 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލުގެ [email protected] މެއިލަށެވެ.
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން:
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 24 ނޮވެމްބަރ 2024 ވަނަ ދުވަހު 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކުސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 6820020، މޯލްބައިލް: 7916100
އީމެއިލް:[email protected]