ނަންބަރު: (IUL)414/414/2024/114
އިޢުލާން
ދިޔަދޮވިތަކުން މަގަށް ފެން އެޅޭގޮތަށް ހުރި ތަންތަނާއި ގުޅޭ
ގެދޮރު ޢިމާރާތް ކުރުމުގެ ޤާނޫނާއި ޚިލާފަށް ބައެއް ގެތަކުގެ ފުރާޅު، މަގުމައްޗަށް ފެން ފަހިވާގޮތަށް ހުންނަކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިގޮތަށް ހުރުމުގެ ސަބަބުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަތައްދަނީ ކުރިމަތިވަމުންނެވެ.
ވީމާ، 30 ނޮވެންބަރު 2024 ގެ ކުރިން މަގަށް ފެންފަހިވާގޮތައްހުރި ފުރާޅުތަކުގައި މަގުމައްޗަށް ފެން ނޭޅޭގޮތަށް ދިޔަދޮވި ހަރުކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތަށްފަހު މިގޮތަށްހުރި ތަންތަން ބަލައި އެފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
04 ޖުމާދުލްއައްވަލް 1446 ހ.
06 ނޮވެންބަރު 2024 މ.