ނަންބަރު: (IUL)414/414/2024/126
އިޢުލާން
ގޯތިތަކުގައި އިންފާރު ރޭނުމާއި ބެހޭ
ގއ.ކަނޑުހުޅުދޫ އަކީ ސާފުތާހިރު، ރީތި ރަށަކަށް ހެދުމަށްޓަކައި ކައުންސިލުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ އިންފާރު ރާނާފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
ވީމާ، ދިރިއުޅުމަށްޓަކާ ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިންފާރު ރާނާފައި ނުވާ ގޯތިތަކުގައި އިންފާރު، މިއަދުންފެށިގެން 3 މަސްދުވަސް ތެރޭގައި ރޭނުމަށް އެ ފަރާތްތަކަށް އަންގަމެވެ. ހަމައެގޮތަށް ރަށުތެރެ ސާފްތާހިރުކޮށް ބޭއްވުމަށް މިކައުންސިލުން ކުރަމުންދާ މިފަދަ މަސައްކަތްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި، އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.
21 ޖުމާދުލްއާޚިރާ 1446 ހ.
22 ޑިސެންބަރު 2024 މ