ނަންބަރ: (IUL)414-1/414/2025/3
އިޢުލާން
ބަނދަރުސަރަހައްދުގައި ހުރި 2 ހަޓް މަރާމާތް ކުރުމާއިގުޅޭ
ބަނދަރުގެ ސަރަހައްދުގައިވާ 2 ހަޓް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ވަނަ ދުވަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ދެވޭ މައުލޫމާތު
ދެ ހަޓް ސީލިން ކުރުން – (ސީލިންގް ކުރަންވާނީ 6އެމް.އެމް ސިމެތި ފިލާއިން)
ދެ ހަޓުގައި ދިޔަދޮވި ހަރުކޮށް ހޮޅިގުޅުން
ކޮންމެ ހަޓެއްގެ ސީލިންގު ގައި 2 ޑައުންލައިޓް (12ވޯޓް) އޮޓޯސްވިޗާއިއެކު ހަރުކުރުން
ދެ ހަޓުގެ އެތޭގައި އިށީންދެވޭ ގޮތަށް ވަށައިގެން އަށި ހަދައި (އުސްމިން ''6.'2 ފުޅާމިން ''6.'1) މުށިޖެހުން
ހަޓް ތަކުގެ އެތެރެއާއި ބޭރު އަދި ސީލިންގގައި ކުލަލުން
ދެހަޓްގެ އެތެރޭގެ ތަޅުމުގައި މުށިޖެހުން
މާކުސް ދެވޭނެ މިންގަޑު
1. އަގު: %70 (އަގަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ. ޖީއެސްޓީ ރަޖިސްޓްރީ ކޮއްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
2. މުއްދަތު: %20 މުއްދަތަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުރުމުއްދަތެއްގައި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އެންމެ މަތިން މާކުސް ލިބޭ ފަރާތްކަމުގައި ބަލައިގެންނެވެ.
3. ފަންނީގާބިލުކަން/ތަޖުރިބާ: %10 ފަންނީގާބިލުކަމަށް މާކުސްދިނުން: މިބަޔަށް މާކުސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން ކޮންމެ ލިޔުމަކަށް 2 މާކުސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 10 މާކުސް
13 ޖަނަވަރީ 2025