މި ކައުންސިލްގެ ފަރާތުން ގޯތިތަކުގެ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާތީ، މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން މަގުމަތި ކުނިކެހުމާއި ބެހޭ އުޞޫލުގައިވާ ގޮތުގެ މަތިން މަގުމަތި ކުނިކެހުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ފީ ނަގާނެ ގޮތުގެ ތަފްޞީލު
އެއް މަގު ހިމެނޭ ގޯތިތައް: މަހަކު -/150 (ސަތޭކަ ފަންސާސް ) ރުފިޔާ
ދެ މަގު ހިމެނޭ ގޯތިތައް: މަހަކު -/200 ( ދުއިސައްތަ) ރުފިޔާ
ތިން މަގު ހިމެނޭ ގޯތިތައް: މަހަކު -/300 ( ތިންސަތޭކަ )ރުފިޔާ
ހަތަރު މަގު ހިމެނޭ ގޯތިތައް: މަހަކު -/400 (ހަތަރު ސަތޭކަ) ރުފިޔާ
މަގުމަތި ކުނިކެހުމަށް އެދޭ ފޯމު: https://forms.office.com/r/0hrgk9NwT2
މަގުމަތި ކުނިކެހުމުގެ އުޞޫލު: https://kanduhulhudhoo.gov.mv/storage/901/USOOL_magukuni-kehun_signed.pdf
އެހެންކަމުން މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
22 ޖަނަވަރީ 2025