ނަންބަރ:(IUL)414/414/2025/8
އިޢުލާން
ފެބުރުވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމާއި ބެހޭ
ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ކޮންމެ އަހަރަކު 2 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާތީ، މިއަހަރު ފުރަތަމަ ބައްދަލުވުން 05 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް
· 2024 ވަނަ އަހަރު ކައުންސިލް ހިންގިގޮތުގެ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.
· ބަނދަރު ބޮޑު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
28 ރަޖަބު 1446 ހ.
28 ޖެނުއަރީ 2025 މ.