ހުއްޓޭކޮނޑު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: (IUL)414/414/2025/12

 

އިޢުލާން

 

 

ހުއްޓޭކޮނޑު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

    ގއ ކަނޑުހުޅުދޫ ހުއްޓޭ ކޮނޑު ސާފުކޮށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް  ކުރި ނަންބަރ (IUL)414/414/2024/124 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ، މި އިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރީމެވެ.

    ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ދެވޭ މައުލޫމާތު

ހުއްޓޭ ކޮނޑު ސާފުކޮށް ބަލަހައްޓައި ދިނުމަށް ދެވޭނީ 1 އަހަރު ދުވަހަށް، 1 އަހަރު ހަމަވުމުން އަލުން އިއުލާން ކުރެވޭނެއެވެ.

·         ދުވަހުން ދުވަހަށް ޕިކްނިކް ސަރަޙައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

·         އެސަރަޙައްދުންނެގޭ ހުރިހާ ކުނިތަކާއި ޑަސްބިން ކުނިގޮނޑަށް ގެންދިއުން.

·         މަސައްކަތް ކުރުމުގައި ޕިކްނިކް ސަރަޙައްދުގައި ހުރި ތަކެއްޗަށް ގެއްލުން ނުވާގޮތަށް މަސައްކަތްކުރުން.

·         ފެންވަރާތަން ހިމާޔަތް ކުރެވޭގޮތަށް ބެލެހެއްޓުން

·         ސަރަޙައްދުގައި ހުރި ގަސްތައް ކޮށައި ސާފުކޮށް ބެލެހެއްޓުން

·         މޫދު ވިނަ ނަގާ ސާފުކޮށް ބެލެހެއްޓުން

·         ސަރަޙައްދުގައިވާ ތަކެތީގެ މަރާމާތެއް ކުރަންޖެހޭނަމަ ކައުންސިލަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

·         ބީލަން ހުށަހެޅުން: 09 ފެބްރުއަރީ 2025 ވަނަ ދުވަހުގެ 13:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތަކާއި މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެއެވެ.

·         ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ހުއްޓޭކޮނޑު ސާފުކޮށް ބެލެހެއްޓުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

·         އަގު ހުށަހެޅޭނީ ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ.

·         ވެރިފަރާތް ނޫން ފަރާތަކުން އަގު ހުށަހަޅާނަމަ ވެރިފަރާތުގެ ސިޓީ އެއް ހުށަހަޅަންވާނެއެވެ.

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

 

§         އަގު: %80 (އަގަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ. ޖީއެސްޓީ ރަޖިސްޓްރީ ކޮއްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

§         ފަންނީގާބިލުކަން/ތަޖުރިބާ: ފަންނީގާބިލުކަމަށް މާކުސްދިނުން: މިބަޔަށް މާކުސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން  ކޮންމެ ލިޔުމަކަށް 4 މާކުސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 20 މާކުސް

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

 

                             28 ރަޖަބު 1446

                            28 ޖަނަވަރީ 2025