ގޭބިސީތަކުން ކުނި ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

       (IUL)414/414/2025/23 : ނަންބަރު

  

އިޢުލާން

ގޭބިސީތަކުން ކުނި ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ


           ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ފެށުމަށްޓަކައި މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ފެބުރުވަރީ 2025 ގައި ކޮށްފައިވާ ނަންބަރު (IUL)414/414/2025/17 އިޢުލާނު ގައިވާ މުއްދަތުގައި އަންދާސީ ހިސާބު  ހުށަހަޅާފައި ނުވާތީ މި އިޢުލާނު ބާޠިލުކޮށް  އަނދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މައުލޫމާތު ދިނުން.

-        ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކުނިނެގުމަށް ރަޖިސްޓްރީ ކުރެވިފައިވާ ގޭބިސީ ތަކާއި ވިޔަފާރިކުރާ  ތަންތަނުންނެވެ. މިގޮތުން ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނުގެ ލިސްޓް ހަވާލުކުރެވޭނެއެވެ.

-        ކޮންމެ ދުވަހެއްގެ ހެދުނު 11:00 ގެ ކުރިން ގޭގެއިން ކުނި ( ބަދިގެ ކުނި ) ނެގުން.

-         ގޭބިސީ ތަކުންނާއި ފިހާރަތަކުން ނަގާ ކުނިތައް ނަގަންވާނީ ބައިބައި ވަކިވަކިންނެވެ. ( ބިއްލޫރި، ދަޅު ، ދަގަނޑު، އަންދާ ކުނި ، ބަދިގޭ ކުނި) އަދި ކުނިތަށް ކުނި ކޮށްޓަށް އަޅަންވާނީވެސް ބައިބައި ވަކިންނެވެ.

-         ހަފްތާއަކު 2 ދުވަހު ކޮންމެ ގޭބިސީއަކުން ބަދިގެ ކުނި ފިޔަވައި އެހެނިހެން ބާވަތުގެ ކުނިނެގުން . މިގޮތުން ކޮންމެ ދުވަހަކު ގިނަވެގެން 3 ގޯނީގެ ކުނި ކޮންމެ ގޭ ބިސީއަކުން ނެގުން. (މިކަން ކުރާނީ ކައުންސިލުން މި މަސައްކަތް ކުރަން އެންގުމުން)

-         ބަދިގެ ކުނި ފިޔަވައި ގޭބިސީތަކުން ކުނި ނަގަން ވާނީ ކައުންސިލުން ކުނި ނެގުމަށް ހަދާފައިވާ ޤަވާއިދާއި އެއްގޮތަށް ކުނިތަށް ބައިބައަށް ވަކި ކޮށް ގޯނިތަކަށް އަޅާފައި ހުންނަ ކުންޏެވެ.

-         ގޭބިސީތަކުން ކުނި އަޅާފައި ހުންނަ ގޯނިތަށް ކުނި އުކާލުމަށްފަހު އެގެތަކާއި ހަވާލުކުރަންވާނެއެވެ.

-         ކުނި އުފުލުމުގައި މަގުމައްޗަށް ކުނިތަށް ނުފައިބައި ގޮތަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަންވާނެއެވެ. އަދި ކުނި އުފުލުމުގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ އެތަނެއް ވަގުތުން ސާފުކުރަންވާނެއެވެ.

 

  • ބީލަން ހުށަހެޅުން: 27 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ [email protected] އީމެއިލް އަދި ވައިބާރ 7916100 މެދުވެރިކޮށް ބީލަން ހުށަހެޅުއްވުންއެދެމެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • އަގު  90 މާރކްސް

  • ތަޖުރިބާ 10 މާރކްސް

·         ދެފަރާތުގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ ބިޑުކާމިޔާބުކުރާ ފަރާތެއް ކަނޑައެޅުމުގައި އިޖުތިމާއީ ޒިންމާގެ ގޮތުން ކޮށްދޭނެ ކަމެއް ނުވަތަ ކަންތައްތަކެއް ބިޑުހުށަހަޅާއިރު ހުށަހަޅާފައިވާނަމަ އެފަރާތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 7916100

އީމެއިލް:[email protected]

 

19 ޝަޢުބާން  1446 ހ.

18 ފެބުރުވަރީ 2025 މ.