ނަންބަރ: (IUL)414/414/2025/24
އާންމު އިޢުލާން
ބަނދަރުން ފެންދޫކުރުމުގެ އުޞޫލާއި ބެހޭ
ކަނޑުހުޅޫދޫ ބަދަރަށް ވަދެނުކުމެ ހަދާ އުޅަނދު ފަހަރަށް ބަނަދަރުމަތިން ލުއިފަސޭހަ ގޮތެއްގައި ފެން ލިބޭނެ އިންތިޒާމް ހަމަޖައްސުމައްޓަކައި ކަނޑުހުޅުދޫ ކައުންސިލްގެ ފަރާތުން ބަނދަރުގައި ޤާއިމް ކޮށްފައިވާ ފެން އިސްކުރުބަރިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފެން ދޫކުރުމުގައި ޢަމަލު ކުރާނެ ގޮތްތައް ބަޔާންކޮށް ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދުގެ ދަށުން އެކުލަވާލެވިފައިވާ އުޞޫލާއި އެއްގޮތަށް 2025 މާރިޗު 1 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުންގެންދާނެ ވާހަކަ ދަންނަވަމެވެ.
ޚިދުމަތުގެ އަގު:
ރަށުގައި ރަޖިސްޓްރީ ކޮށްފައިވާ މަސްވެރި އުޅަދެއްނަމަ | މަހަކަށް 100ރފ ( އަހަރަކަށް 1200.00ރފ) |
އާރުޓީއެލް ފެރީ އަދި އެމްޓީސީސީ ފެރީ ތަކުން | މަހަކު 125ރފ ( އަހަރަކަށް 1500.00ރފ ) |
އެހެނިހެން އުޅަނދުތަކުން | ގަޑި އިރަކަށް 100ރފ |
އުޞޫލާއި ޚިލާފުވުން:
މި އުޞޫލާއި ޚިލާފަށް އަމަލު ކޮށްފިނަމަ 500.00 ރުފިޔާއި 1000.00 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރުމަނާ ކުރެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ފެބްރުއަރީ 2025