ގއ.ކަނޑުހުޅުދޫ ބަނދަރުގައި ރަސްމީ ފާލަމެއް ހެދުމަށް ފާލަން ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް

  ނަންބަރ:  (IUL)414/414/2025/25

އިޢުލާން

 

ގއ.ކަނޑުހުޅުދޫ ބަނދަރުގައި ރަސްމީ ފާލަމެއް ހެދުމަށް ފާލަން ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް 

ގއ.ކަނޑުހުޅުދޫ ބަނދަރުގައި ރަސްމީ ފާލަމެއް އެޅުމަށް ފާލަން ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ފާލަން ފަރުމާކުރުމުގެ މައުލޫމާތު

-     ފާލަން ފަރުމާކުރަންޖެހޭ ސަރަހައްދުގެ ބޮޑުމިނަކީ ( ބަނދަރުގެ އުތުރުން ދެކުނަށް 25 ފޫޓް ، އިރުން ހުޅަނގަށް 35 ) ފޫޓެވެ.

-       ފާލަން އަޅަން ހަމަޖެހިފައިވާ ސަރަހައްދަކީ މިހާރު ފާލަން ހުރި ސަރަހައްދެވެ.

-        ފާލަން ފަރުމާކުރާނީ ބަނދަރުގެ އެއްގަމު ތޮށިން ފެށިގެން ބޭރަށް ( ފަޅުތެރެއަށް ) 15 ފޫޓް ހުންނަ ގޮތަށް މޫދަށް ތަނބު ޖަހަން ޖެހޭ ގޮތަށެވެ.

-         ފާލަމަށް އުޅަނދު ފަހަރު ކާއިރު ކުރާއިރު އުޅަނދުގެ އެއްވެސް ބައެއް ފާލަމުގެ ހިޔާ ގަނޑު ނުވަތަ ފުރާޅު ފަދަ ތަނެއްގައި ނުޖެހޭގޮތަށް ފަރުމާކުރުން.

-         ހުށަހަޅާ ފަރުމާގައި ފާލަން ހަދަން ބޭނުންކުރާނެ މެޓީރިއަލްތައް އެނގޭގޮތަށް ހިމަނަންވާނެއެވެ.

-        ހުށަހަޅާ ފަރުމާއާއި އެކު އެފަރުމާއާއި އެއްގޮތަށް ފާލަން ހެދުމަށް ބޭނުންވާ ހުރިހާ ކުރެހުންތަކާއި ހުރިހާ ބައެއްގެ މިންތައް ހުންނަން ޖެހޭނެއެވެ.

-         ފަރުމާ ވާންޖެހޭނީ ވީހާވެސް ޚަރަދުކުޑަކޮށް އިމާރާތްކުރެވޭ ފަދަ ގޮތަކަށް ކުރެވިފައިވާ ފަރުމާއަކަށެވެ.

-        ފަރުމާ ހުށަހަޅާ ފަރާތަކީ އެފަރުމާގެ ފުރިހަމަ ކޮޕީ ރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިޤްރާރު ހުށަހަޅަން ވާނެއެވެ.

-        މިމަސައްކަތް ކާމިޔާބުކުރާ ފަރާތުން ކައުންސިލުން އަންގާ މުއްދަތެއްގެ ތެރޭގައި ބީ.އޯ.ކި.ޔު ހަދައި ހުށަހަޅަން ވާނެއެވެ. މިގޮތުން ފާލަން ފަރުމާ ކުރުމުގެ މަސައްކަތް ނިމުނުކަމަށް ބަލާނީ ބީ.އޯ.ކި.ޔު ހުށަހެޅުމުންނެވެ.

          

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މާރިޗު 2025 ވާ ބުދަ ދުވަހު 12:00 ގެ ކުރިން ފަރުމާ ހުށަހެޅުންއެދެމެވެ.