ގއ. ކަނޑުހުޅުދޫގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި މިރޮނގުން ގިނަބަޔަކު އަހުލުވެރި ކުރުމުގެ މަޤުސަދުގައި 2022 ވަނަ އަހަރުން ފެށިގެން ކޮންމެ ކައުންސިލްއިން އިންތިޒާމުކޮށްގެން ބާއްވާ "ގއ. ކަނޑުހުޅުދޫ ކައުންސިލް ޤުރްއާން މުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު ކަނޑުހުޅުދޫގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 24 މެއި 2025 އެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިމުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިއަހަރު ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ބާއްވާ އަތޮޅު ޤުރުޢާން މުބާރާތަށް ދަރިވަރުން ނެގޭނީ، މި މުބާރާތުން އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނަށް ކަމުގައި ދަންނަވަމެވެ.
މުބާރާތުގައި އިންސާފު ކުރާ އުމުރުފުރާތަކާއި، މުބާރާތުގެ މުޤައްރަރު
މި މުބާރާތުގައި ބައިވެރިވާ އުމުރުފުރާ ކަނޑައަޅާނީ 2025 ގައި ފެށޭ ދިރާސީ އަހަރުގައި އެ ދަރިވަރަކު ކިޔަވާ ކީ ސްޓޭޖަށެވެ. އަދި ބައިވެރިވާ ބޮޑެތި މީހުންގެ އުމުރު ބަލާނީ 1 ޖަނަވަރީ 2025 އަށެވެ.
ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/vxxm88Ttth
15 ޝައްވާލް 1446
13 އެޕްރީލް 2025