2024 ގައި ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ރޭނުމާއިބެހޭ


     ގއ.ކަނޑުހުޅުދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު ނަންބަރ  (IUL)414/414/2023/90 (16 އޮކްޓޫބަރ 2023) އިޢުލާނާއި ގުޅިގެން ގޯތި ހަވާލުކުރެވުނު އެއްބަސްވުމުގެ  07 ވަނަ މާއްދާގެ (ރ) ގައި ވާގޮތުން ގޯތި ޙަވާލުކުރާތާ 01 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ގޯތީގެ ވަށާފާރު އެންމެ ދަށްވެގެން 02 ފޫޓަށް ރާނަޖެހޭނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް ގިނަ ފަރާތްތަކުން އަދި މިހާތަނަށް ގޯތީގެ އިންފާރު ރާނާފައި ނުވާކަން މިވަނީ ފާހަގަކުރެވިފައެވެ.  މިހެންކަމުން މިގޯތި ތަކުގެ އިންފާރު ރޭނުމަށް އިތުރުމުއްދަތެއް ދިނުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ، މިގޯތިތަކުގެ އިންފާރު ރޭނުމުގެ މުއްދަތު  31 މެއި 2025 އިން ފެށިގެން 03 މަސް ދުވަހަށް އިތުރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ގޯތި ތައް އިސްތިސްނާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

     ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

13 އެޕްރީލް 2025