އިޢުލާން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ޤުރްއާން މުބާރާތާއި ގުޅޭ
ކައުންސިލްގެ ޤުރްޢާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައި ކުރެވުނު އިޢުލާން ނަންބަރ (IUL)414-1/414/2025/35 (13 އެޕރީލް 2025) އިން ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ބައިވެރިންގެ ލިސްޓް އާންމު ކުރަމެވެ. އެގޮތުން މިލިސްޓަށް އެއްވެސް ޝަކުވާއެއްވާނަމަ 15 މެއި 12:00 ކުރިން މިކައުންސިލްގެ މެއިލް [email protected] އަށް މެއިލްކޮށްދެއްވުން އެދެވެމެވެ. ކައުންސިލް ޤުރްއާން މުބާރާތް ކުރިންވެސް ތާވަލްކުރެވުނު ގޮތަށް 24 މެއި 2025ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިމުބާރާތުގެ ގަވާއިދަށް ތިރީގައިވާ އިސްލާޙްތައް ގެނެވިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ގަވާއިދުގެ 8 ވަނަ މާއްދާ
ބަލައިގެން ކިޔެވުމުގެ ބައި: ބަލައިގެން ކިޔެވުމުގެ ބައިގައި ކިޔަވާނީ 10 ފޮޅުވަތުގެ 1 ސުވާލެވެ. |
ގަވާއިދުގެ 16 ވަނަ މާއްދާ
މުބާރާތުގެ ވަނައަށް ކަނޑައަޅާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
1 ވަނަ | 75 އިންސައްތައަށްވުރެ މަތިން މާރކްސް ލިބޭ ބައިވެރި އަކަށެވެ. |
2 ވަނަ | 70 އިންސައްތައަށްވުރެ މަތިން މާރކްސް ލިބޭ ބައިވެރި އަކަށެވެ. |
3 ވަނަ | 60 އިންސައްތައަށްވުރެ މަތިން މާރކްސް ލިބޭ ބައިވެރި އަކަށެވެ. |
15 ޛުލްޤައިދާ 1446
13 މެއި 2025